Deepika, Aamir Khan ge Filmah Noonekey Buneetha?
image
ދީޕިކާ އާއި އާމިރު---
0 ކޮމެންޓް
 

ދީޕިކާ އާމިރު ހާނުގެ ފިލްމަށް ނޫނެކޭ ބުނީތަ؟

ބޮލީވުޑުގެ ކާމިޔާބު އެކްޓަރެސް ދީޕިކާ ޕަޑުކޮން، އާމިރު ހާނުގެ ފިލްމު ކުރިއަށް އޮތް ފިލްމު 'މަހާބާރަތް' ކުޅެން ނޫނެކޭ ބުނިކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދީޕިކާ އަށް ވަނީ އެފިލްމުގައި ދްރައުޕަތީގެ ރޯލު ކުޅުމުގެ ފުރުސަތު ލިބިފައެވެ. ނަމަވެސް އޭނާ ވަނީ އެރޯލު ކުޅެން އިންކާރު ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ލީޑު ރޯލުން އާމިރު ފެނިގެންދާ އެފިލްމު ކުޅެން ދީޕިކާ އިންކާރު ކުރީ ކޮންސަބަބާ ހުރެކަމެއް ހާމަކޮސްފައެއް ނުވެއެވެ. އަދި އެކަމާ ގުޅޭ ރަސްމީ އިއުލާނެއް ވެސް ކޮށްފައެއް ބުނެއެވެ.

ދީޕިކާ އެންމެ އަވަހަށް ފެނިގެންދާނީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމުގައި ލަކްޝްމީގެ ރޯލުންނެވެ. އެފިލްމުގެ ޝޫޓިން އަންނަ އަހަރު ތެރޭ ފެށޭއިރު އެފިލްމު ނެރޭނީ ކޮން ދުވަހަކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ދީޕިކާ އަށް ވަނީ އިންޑިއާގެ މަޝްހޫރު މެގަޒިންނެއް ކަމަށްވާ "ފޯބްސް އިންޑިއާ" އިން ހޮވާ އެންމެ މުއްސަނދި އިންޑިއާ މީހުންގެ ލިސްޓުގެ ފަސް ވަނަ ވެސް ހޯދާފައެވެ.

ދީޕިކާ ވަނީ މިދިޔަ މަހު އެކްޓަރ ރަންވީރު ސިންގާއި ކައިވެނިކޮށްފައެވެ. ދީޕިކާ އެންމެ ފަހުން ފެނިގެން ދިޔައީ 'ޕަދްމާވަތް' އިންނެވެ.
ހިޔާލު