Masveringe dhuvahu Mifco in 10% discount dhenee
image
މަސްވެރިންތަކެއް: މާދަމާ މިފްކޯގެ ފިހާރަތަކުން 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ.
1 ކޮމެންޓް
 

މަސްވެރިންގެ ދުވަހު މިފްކޯ އިން 10 ޕަސެންޓް ޑިސްކައުންޓް

މާދަމާ ފާހަގަކުރާ މަސްވެރިންގެ ދުވަހާ ދިމާކޮށްގެން މިފްކޯ އިން، މަސްވެރިންނަށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.
މިފްކޯ އިން ބުނީ ޑިސްކައުންޓް ދޭން ނިންމީ މާދަމާ މިފްކޯ ސައިޓުތަކުގެ ފިހާރަތަކުން މަސްވެރިން ކުރާ ވިޔަފާރިތަކަށް ކަމަށެވެ.

މަސްވެރިންގެ ދުވަހާ ދިމާކޮށް ދައުލަތުގެ މަސް ކުންފުނިން، މަސްވެރިންނަށް ޑިސްކައުންޓް ދޭން ނިންމި އިރު އެ މިހާރު އޮތީ ދެ ވަނަ ފަހަރަށް ބަނގުރޫޓުވެފަ އެވެ.

ފުރަތަމަ އެ ކުންފުނި ބަނގުރޫޓުވުމުން އެސްޓީއޯގެ ދަށަށް ކުރީގެ ސަރުކާރުން ބަދަލުކޮށް، އޭރު ހުރި ދަރަނިތައް ދައްކައިދިނެވެ. ނަމަވެސް އަނެއްކާ ވެސް އެ ސަރުކާރު ނިމި އާ ސަރުކާރާ ހަވާލުވި އިރު އެ ކުންފުނި އޮތީ ކުރީގެ ހާލަތަށް ގޮސް ބަނގުރޫޓުވެފަ އެވެ.

މިހާތަނަށް ސަރުކާރުން އެ ކުންފުންޏަށް 600 އަށް ވުރެ ގިނަ ރުފިޔާ ދީފައިވެއެވެ. އަދި އެ ކުންފުނިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު އަދާކުރުން ލަސްވާ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.
ހިޔާލު

އަހުމަދު

ކުންފުނި ކައިހުސްކޮށްފައި އޮތްތަނަކުން  ނުންދެވޭނީ މަސްވެރިން ކުންފުންޏަށް ދީފާނެ....