Trump ge Chief of Staff Isthiufaa Dhevvanee
image
ރައީސް ޓްރަމްޕް އަދި ޗީފް އޮފް ސްޓާފް ޖޯން ކެލީ (ކ).
0 ކޮމެންޓް
 

ޓްރަމްޕުގެ ޗީފް އޮފް ސްޓާފް އިސްތިއުފާ ދެއްވަނީ

ވައިޓްހައުސްގެ ޗީފް އޮފް ސްޓާފުގެ މަގާމުގައި ހުންނެވި ޖޯން ކެލީ މި އަހަރު ނިމުމުން އިސްތިއުފާ ދެއްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ލެކީ އިސްތިއުފާ ދެއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އިރު، އެ ދެ ބޭފުޅުންގެ ގުޅުން ވަނީ ވަރަށް ގޯސްވެފަ އެވެ. އަދި ކެލީ މަގާމުން އިސްތއިއުފާ ދެއްވުމަށް އެދި، ޓްރަމްޕް އޭނާ އަށް ޕްރެޝަރު ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ކެލީ މަގާމުން އިސްތިއުފާ ދެއްވަން ހަމަޖެހިފައިވާ ކަން އިއުލާނު ކުރައްވަމުން ޕްރަމްޕް ވަނީ އޭނާ އަށް ތައުރީފުކުރައްވާފަ އެވެ. އަދި އެ މަގާމަށް އަލުން ހަވާލުވާނެ ބޭފުޅަކު ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޓްރަމްޕްގެ ވެރިކަމުގައި މިހާތަނަށް ވަނީ، އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް އިސްތިއުފާ ދެއްވާފަ އެވެ. ނުވަތަ ޓްރަމްޕާއި ދެމެދު ހިޔާލު ތަފާތުވެގެން މަގާމުން ވަކިކޮށްފަ އެވެ.
ހިޔާލު