Football Thari Obi Mikel Aailaa Aeku Dhivehiraajeygai
image
އޮބި މިކެލް:--
0 ކޮމެންޓް
 

ފުޓުބޯޅަ ތަރި އޮބި މިކެލް އާއިލާއެކު ދިވެހިރާއްޖޭގައި

ނައިޖީރިއާއަށް އުފަން އޮބި މިކެލް އާއި އޭނާގެ ލޯބިވެރިއާއި، އޭނާގެ ދެ އަންހެން ދަރިންނާއެކު ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަމުގެ މައުލޫމާތު ލިބިއްޖެއެވެ. Dhiraagu
އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފޮޓޯއެއްވަނީ އިންސްޓަގުރާމުގައި އާންމުވެފައެވެ.

ރާއްޖެއަށް އައުމުގެ ކުރިން އޭނާ ވަނީ ނައިޖީރިއާއަށް ގޮސް އާއިލާއެކު ކުދަ ދުވަސް ކޮޅެއް ހޭދަކޮށްފައެވެ.

އެގާރަ އަހަރު ދުވަހުގެ މުއްދަތަކަށް އިނގިރޭސި ކްލަބު ޗެލްސީއަށް ކުޅުމަށްފަހު ނައިޖީރިއާ މިޑްފީލްޑަރު ޖޯން އޮބި މިކޭލް ޗައިނާގެ ޓިއަންޖިން ޓީއީޑީއޭ އެފްސީއާ ގުޅިފައިވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ޗައިނާގެ ކްލަބުން މިކޭލްއަށް ހަފްތާއަކު 140،000 ޕައުންޑްގެ މުސާރައެއްވަނީ ހުށަހަޅާފައެވެ.

ޗައިނާ ސުޕަ ލީގު ނިންމާލާފައިވަނީ މިދިޔަ މަހުއެވެ. މިހާރު އެ ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިން އަންނަނީ ޗުއްޓީހޭދަކުރަމުންނެވެ.

ނޯވޭގެ އެފްކޭ ލީންއަށް ކުޅުމަށްފަހު، 2006 ވަނަ އަހަރު ޗެލްސީއާ ގުޅުނު މިކޭލް ވަނީ ޗެލްސީގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ޗެލްސީއާއެކު އޭނާ ވަނީ ދެ ފަހަރު ޕްރިމިއާ ލީގާއި، ހަތަރު ފަހަރު އެފްއޭ ކަޕާއި، ދެ ފަހަރު ލީގު ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑްއަކާއި، ޔޫއެފާ ޗެމްޕިއަންސް ލީގެއް އަދި ޔޫއެފާ ޔޫރޮޕާ ލީގެއް ވެސް ކާމިޔާބުކޮށްފައެވެ.
ހިޔާލު