Corruption nahthaalumah STELCO in haahsa prograameh fashanee
image
މުގުނީ: ސްޓެލްކޯގެ މުވައްޒަފުންނާ ބައްދަލު ކުރެއްވުމުގެ ތެރެއިން.-- ފޮޓޯ: ސްޓެލްކޯ
0 ކޮމެންޓް
 

ކޮރަޕްޝަން ނައްތާލުމަށް ސްޓެލްކޯ އިން ޚާއްސަ ޕްރޮގްރާމެއް ފަށަނީ

ކޮރަޕްޝަން ނައްތާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފައްޓަވާފައިވާ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ސްޓެލްކޯ އިން އެކަމަށް ޚާއްސަ ޕްރޮގްރާމެއް ފަށާނެ ކަމަށް ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހަސަން މުގުނީ ޓްވިޓާގައި ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފެނުނު ކޮރަޕްޝަނާއި، މައްސޫލިއްޔަތު ނުއުފުލުން ކަމަށެވެ. ނަމަވެސް ކޮރަޕްޝަން ނައްތާލުމަށް ކުރަންޖެހޭ ކަންކަމުގައި އޭނާގެ ދައުރު ފުރިހަމަ އަށް އަދާކުރައްވާނެ ކަމަށް މުގުނީ ވިދާޅުވި އެވެ.

އޭގެ އިތުރުން ކުންފުނި މެނޭޖު ކުރުމަށް ހަރުދަނާ ޕްރޮގްރާމެއް ފައްޓަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޕްރޮގްރާމް ވެގެން ދާނީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯ ކުރިއަށް ދިއުމުގެ "މައިބަދަ" ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ގައުމަށް ހިދުމަތް ކުރުމަށް ފުރުސަތު ދެއްވުމުން އެކަމަށް ރައީސް ސާލިހު އަށް ޝުކުރު އަދާކުރާ ކަމަށް ވެސް މުގުނީގެ ޓްވީޓުގައި ވެއެވެ.

މުގުނީ އަކީ މީގެ ކުރިން، ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ވެސް ސްޓެލްކޯގެ އެމްޑީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. މި ސަރުކާރުގައި އޭނާ އެ މަގާމަށް އައީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކަމަށް ވެއެވެ.
ކޮރަޕްޝަން ސްޓެލްކޯ
ހިޔާލު