Nissange Kureege Chairmange Mahchah Dhauvaa Ufulaifi
image
ނިސާންގެ ޗެއާމަން، އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފައި.-- ފޮޓޯ: ގެޓީ އިމޭޖަސް
0 ކޮމެންޓް
 

ނިސާންގެ ކުރީގެ ޗެއާމަންގެ މައްޗަށް ދައުވާ އުފުލައިފި

މިދިޔަ މަހު ފަހުކޮޅު، ފައިސާގެ މައްސަލައެއްގައި ހައްޔަރު ކުރި ދުނިޔޭގެ އެންމެ ބޮޑު އެއް ކާރު އުފައްދާ ކުންފުނި، ނިސާންގެ ޗެއާމަން ކާލޯސް ގުއޯންސްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
މިހާރު މަގާމުން ވަކިކޮށްފައިވާ ކާލޯސްގެ މައްޗަށް އުފުލާފައިވަނީ ފައިނޭންޝަލް މިސްކޮންޑަކްޓް ނުވަތަ އުސޫލުތަކުން ބޭރުން ފައިސާގެ ކަންކަން ގެންގުޅުމުގެ ދައުވާ އެވެ. އެގޮތުން އޭނާގެ މުސާރަ އޮޅުވާލުމާއި، ކުންފުނީގެ މުދާ އަމިއްލަ ފައިދާ އަށް ބޭނުންކުރުން ފަދަ ގިނަ ކަންތައްތަކެއް އޭނާގެ މައްޗަށް ތުހުމަތު ކުރެވެ އެވެ.

ދުނިޔޭގެ ބާޒާރުގައި ވިއްކާ ކޮންމެ ނުވަ ކާރަކުން އެއް ކާރަކީ ނިސާންގެ އުފެއްދުމަކަށް ވާއިރު، މިހާ ބޮޑެތި ކުންފުނިތަކުގެ ވެރިން، މިފަދަ މައްސަލަ ތަކުގައި ހައްޔަރު ކުރުމަކީ ވަރަށް މަދުން ހިނގާކަމެކެވެ.

ކާލޯސް ހައްޔަރު ކުރީ ސިއްރުތައް ބޭޒާރު ކޮށްލި ވިސްލްބްލޯވާއެއްގެ މައުލޫމާތުތަކުގެ މައްޗަސް ބިނާކޮށް ކަމަށާއި، މި ތަހުގީގު ފެށުނުތާ އެތައް މަހެއް ވެފައިވާ ކަމަށް ނިސާންގެ ސީއީއޯ ވިދާޅުވެފައި ވެއެވެ. ނަމަވެސް މިއީ ކިހާ އަދަދެއްގެ ފައިސާއެއް ހިމެނޭ މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ.

ޖަޕާނުގެ މިޓްސަބޫޝީ އާއި ރެނަލްޓް އަކީ ވެސް ނިސާންގެ ކުންފުނިތަކެވެ. މި މައްސަލާގައި އެ ކުންފުނިތަކުގެ ހިއްސާގެ އަގުތައް ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.

މި މައްސަލައިގެ އިތުރުން އެހެން މައްސަލައެއްގައި ވެސް ކާލޯސް އަށް ސުވާލު ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޗެއާމަންގެ އިތުރުން ބޯޑު މެމްބަރަކު ވެސް މި މައްސަލާގައި ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އޭނާ ވެސް މިހާރު ވަނީ ބޯޑުން ވަކިކޮށްފަ އެވެ.
ހިޔާލު