Naibu Raees Faisal Maafushee Jaluge Haalathu Bahlavaalahvaifi
image
ނައިބު ރައީސް ފައިސަލް މިއަދު މާފުށީ ޖަލުގެ ހާލަތު ބައްލަވައިލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ނައިބު ރައީސް ފައިސަލް މާފުށީ ޖަލުގެ ހާލަތު ބައްލަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މާފުށީ ޖަލުގެ ހާލަތު ބައްލަވައިލެއްވުމަށް، އެތަނަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.
ފައިސަލް އާއި އެކު މާފުށީ ޖަލުގެ ހާލަތު ބެއްލެވުމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވެސް މިއަދު އެ ރަށަށް ވަޑައިގެންނެވި އެވެ.

ހޯމް މިނިސްޓަރު ކަމާ ހަވާލުވުމުގެ ކުރިން އިމްރާން ހައްޔަރު ކޮށްފައި ހުރީ އެ ޖަލުގަ އެވެ. މީގެ ކުރިން ވެސް، މިނިސްޓަރު ކަމާ ހަވާލުވުމަށް ފަހު، ޖަލުގެ ހާލަތު ބައްލަވައިލެއްވުމަށް އިމްރާން އެ ތަނަށް ވަނީ ވަޑައިގެންފަ އެވެ.

ނައިބު ރައީސް މާފުށީ ޖަލުގެ ހާލަތު ބައްލަވައިލެއްވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދޫނިދޫ ޖަލަށް ވަޑައިގެން އެ ތަނުގެ ހާލަތު ބައްލަވާފަ އެވެ.

ސަރުކާރުން ބުނެފައިވަނީ ޖަލުތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި ޖަލުތަކަކީ މީހުން އިސްލާހު ކޮށްގެން އާންމުންގެ ތެރެއަށް ނެރޭނެ ތަނަކަށް ބަދަލު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ހިޔާލު