Emme fahun Henbadhoo in, Feevakah Generator Gendan Ehbasvejje
image
ޖުލައި މަހު ކަރަންޓު މައްސަލަ ބޮޑުވެ ހެނބަދޫ ރައްޔިތުން މުޒާހަރާ ކުރަނީ.-- ފޮޓޯ: ރާއްޖެއެމްވީ
1 ކޮމެންޓް
 

އެންމެ ފަހުން ހެނބަދޫން، ފީވަކަށް ޖަނަރޭޓަރު ގެންދަން އެއްބަސްވެއްޖެ

ށ. ފީވަކަށް ކަރަންޓުގެ މައްސަލަ ބޮޑުވެ، ނ. ހެނބަދޫން އެރަށަށް ޖަނަރޭޓަރެއް ގެންދަން ފެނަކައިން މަސައްކަތް ކުރަމުންދާތީ އެކަމަށް ހެނބަދޫ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް އެ ރަށު ކައުންސިލުން އެކަމަށް އެއްބަސްވެއްޖެ އެވެ.
އާބާދީގައި 757 މީހުން ދިރިއުޅެމުން އަންނަ ހެނބަދޫއަށް ކަރަންޓު ފޯރުކޮށްދެމުން އަންނަނީ 128 ކިލޯވޯޓާއި 100 ކިލޯވޯޓުގެ ޖަނަރޭޓަރު ބޭނުން ކޮށްގެން ނެވެ. އެކަމަކު، ސޯލާ ޕްރޮޖެކްޓުގެ ދަށުން ދާދިފަހުން ހެނބަދޫއަށް ތިން ޖަނަރޭޓަރު ގެންގޮސްފައިވާއިރު އެރަށު އާ އިންޖީނު ގޭގެ މަސައްކަތް އަދި ނިމިފައި ނުވާތީ އެ ތިން ޖަނަރޭޓަރުގެ ބޭނުން ނުކޮށް ހުރީ ބަހައްޓާފަ އެވެ.

މިދުވަސްކޮޅު ކަރަންޓުގެ މައްސަލަ ހެނބަދޫއަށް ކުރިމަތި ނުވި ނަމަވެސް މީގެކުރިން އެރަށަކީ ވެސް ކަރަންޓުގެ މައްސަލަ ބޮޑު ރަށެ ކެވެ. ސީއެންއެމްއާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލުގެ ނައިބް ރައީސް ހުސެއިން އަބޫބަކުރު ވިދާޅުވީ، މީގެ ދެ ތިން ދުވަސް ކުރިން ފީވަކަހަށް ގެންދަން މަސައްކަތް ކޮށްފައި ވަނީ އެރަށަށް އަލަށް ގެނެސްފައިވާ 160 ކިލޯވޯޓުގެ ޖަނަރޭޓަރު ކަމަ ށެވެ.

ރައްޔިތުން ނުރުހުންވުމުން، މިހާތަނަށް އެ ޖަނަރޭޓަރު ފީވަކަށް ގެންދަން ފެނަކައިން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ. ނަމަވެސް މިއަދު ހެނބަދޫ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ އިއްތިފާގުން ނިންމާފައިވަނީ، ދައުލަތުން ބޭނުންވެއްޖެ ނަމަ އެ ޖަނަރޭޓަރު، ދައުލަތުން ބޭނުންވާ ތަނަކަށް ގެންދިއުމަކީ ކައުންސިލަށް އަދި ރައްޔިތުންނަށް ވެސް ގާނޫނީ ގޮތުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ.

"ދައުލަތުގެ މުދާ އެއްތަނުން އަނެއްތަނަށް ބަދަލުކުރުމާ ބެހޭ އުސޫލުތަކާއި ހަމަތަކުގެ މަތިން އެ ޖަނަރޭޓަރު ބަދަލުކުރުމާ މެދު ހެނބަދޫ ކައުންސިލްގެ އިއުތިރާޒެއް ނެތްކަމަށް ހެނބަދޫ ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފީމެވެ.،" އެ ރަށު ކައުންސިލުން މިއަދު ނިންމި ނިންމުމުގައި ބުނެފައި ވެއެވެ.

އެހެން ނިންމި ނަމަވެސް، އެ ރަށުގެ ރައްޔިތުން އެދޭ ގޮތަށް، އެ އިންޖީނު ހެނބަދޫގައި ބަހައްޓައި ދިނުމަށް ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހުން އެދޭ ކަމަށް ވެސް އެ ނިންމުމުގައި ވެއެވެ.

ވަކަށް ޖަނަރޭޓަރު ގެންދަން އެރަށު ރައްޔިތުން ބޭނުން ނުވަނީ މީގެ ކުރިން ކަން ހިނގާފައިވާ ގޮތުން ކަމަށް ވެއެވެ.

"އެންމެ ބޮޑަށް ކަރަންޓު މައްސަލަ ދިމާވާއިރު ނުހުރޭ ދެން އާއްމުންނަށް ކަރަންޓު ދެވޭނެ ގޮތެއް. އެހެންވެ، ރައްޔިތުން ބޭނުން ނުރުހުން ވެގެން އެއުޅެނީ." ކައުންސިލުގެ ނައިބް ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބެއްގެ ގޮތުގައި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެ ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

"ވަރަށް ނަސޭހަތްތެރިވި ރައްޔިތުންނާއި، އެކަމަކު ރައްޔިތުން ދޫކުރާ ގޮތަކަށް ނޫން ތިބީ،" ހުސެއިން ވިދާޅުވި އެވެ.

ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، މިދިޔަ ޖުލައި މަހުގެ ތެރޭގައި ހެނބަދޫ ރައްޔިތުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
ހިޔާލު

ފީވަކު ޑޮން

ގެންދާނަން ހެނބަދޫ ކުދިން ފިއްތާލާ😏