Katrina Instagram in Deepika ah Follow Koffi
image
ކެޓްރީނާ އާއި ދީޕކާ---
0 ކޮމެންޓް
 

ކެޓްރީނާ އިންސްޓާގުރާމުން ދީޕިކާ ފޮލޯ ކޮށްފި

ބޮލީވުޑުގެ ކާމިޔާބު އެކްޓަރެސް ކެޓްރީނާ ކައިފް އިންސްޓާގުރާމުން ދީޕިކާ ޕްޑުކޮނަށް ފޮލޯ ކޮށްފިއެވެ.
ދީޕިކާ އާއި ރަންބީރު މީގެ ކުރިން ލޯބީގެ ގޮތުން ގުޅިފައިވާއިރު އެދެމީހުން ރުޅިވީ ކެޓްރީނާގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭގެ ސަބަބުން ދީފިކާ އާއި ކެޓްރީނާ ދެމެދު ނަފުރަތު އުފެދިފައިވާކަމަށް މީގެ ކުރިން ވަނީ ވާހަކަތައް ވެސް ފެތުރިފައެވެ.

ދީޕިކާ ވަނީ އޭނާގެ ކައިވެނީގެ ރިސެޕްޝަން ޕާޓީއަށް ކެޓްރީނާއަށް ދައުވަތު ނުދޭނެ ކަމަށް މީގެ ކުރިން އިންޓަވިއުއެއްގައި ބުނެފައެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި ރަންވީރު ވަނީ ކެޓްރީނާ އަށް ހާއްސަ ދައުވަތެއްދީފައެވެ.

ކެޓްރީނާ އެޕާޓީއަށް ގޮސްފައިވާއިރު ޕާޓީި ތެރޭގައި ދީޕިކާ އާއި ކެޓްރީނާ އެކުގައި ގިނަ ވަގުތުތައް ހޭދަކޮށްފައިވެއެވެ. އަދި ދީޕިކާ ވަނީ އެޕާޓީއަށްފަހު ކެޓްރީނާ އިންސްޓާގުރާމުން ފޮލޯކޮށްފައެވެ. އަދި މިހާރު ކެޓްރީނާ ވެސް ވަނީ ދީޕިކާ ފޮލޯ ކޮށްފައެވެ.

ކެޓްރީނާ ވަނީ އިންސްޓާގުރާމުގައި ރަންވީރާއި ދީޕިކާގެ ފޮޓޯއަށް ވެސް ކޮމެންޓުކޮށްފައެވެ. ކެޓްރީނާ އިންޓަވިއުއެއްގައި ބުނިގޮތުގައި އޭނާ އާއި ދީޕިކާ އާއި ދެމެދު ވަރަށް ވަރުގަދަ ގުޅުމެއް އޮންނަކަމަށެވެ.

އެގޮތުން އެއް ޖިމަކަށް ދާކަމަށް އޭނާ ވަނީ ބުނެފައެވެ. އޭގެ އިތުރުން ކަރަން ވަނީ އެސީޒަން ފެށުމުގެ ގޮތުން ދީޕިކާ އާއި އާލިއާ ޝޯގައި ބައިވެރިވުމުން ވެސް ކެޓްރީނާ އާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެގޮތުން ދީޕިކާ ބުނީ ކޮންމެ ދުވަހަކު ގުޅައި ނުހެދިނަމަވެސް ކެޓްރީނާ އާއި އޭނާ އެކުގައި އުޅުމަށް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
ހިޔާލު