Bharat aki Ahannah varah Haassa Filmeh: Disha
image
ދިޝާ ޕަޓާނީ---
0 ކޮމެންޓް
 

ބާރަތަކީ އަހަނަންނަށް ވަރަށް ހާއްސަ ފިލްމެއް: ދިޝާ

އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް ނެރެން ހަމަޖެހިފައިވާ ފިލްމު "ބާރަތު" އަކީ ދިޝާ ޕަޓާނީ އަށް ވަރަށް ހާއްސަ ފިލްމެއް ކަމަށް އޭނާ ބުނެފިއެވެ.
ސަލްމާނު ހާނާއި ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ އެފިލްމުގައި އެދެތަރިންގެ އިތުރުން ދިޝާ ޕަޓާނީ އަދި ތަބައްސުމް ފާތިމާ ހާޝިމީ (ތައްބޫ)ގެ އިތުރުން ސުނިލް ގޮރޯވާ އަދި ޓީވީ އެކްޓަރު އާސިފް ވެސް ފެނިގެންދާނެއެވެ. އެގޮތުން ދިޝާ އެފިލްމުގައި ފެނިގެންދާނީ ސަލްމާނު ދެކެ ލޯބީގެ ގޮތުން ގަޔާވާ މީހެއްގެ ރޯލުންނެވެ.

ފިލްމުގައި ދިޝާ އަށް ރާދާގެ ނަން ދީފައިވާއިރު އޭނާ ވަނީ ދާދި ފަހަކުން އެފިލްމާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. ދިޝާ ބުނިގޮތުގައި މިއީ އޭނާ އަށް ވަރަށް ހާއްސަ ފިލްމެކެވެ. އަދި އެރޯލަކީ އޭނާ މިހާތަނަށް ކުޅޭނެ އެންމެ ވާދަވެރި އެއް ރޯލު ކަމަށް ވެސް ދިޝާ ވަނީ ބުނެފައެވެ.

އެފިލްމުގައި ސަލްމާން ތަފާތު ފަސް ގޮތަކަށް ފެނިގެންދާއިރު އެފިލްމު ނެރުމަށް ނިންމާފައިވަނީ އަންނަ އަހަރު ޖޫން މަހު ފަސް ވަނަ ދުވަހުއެވެ. ބާރަތަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ' ގެ މައްޗަށް ހަދާ ފިލުމެކެވެ.

ތަމަޅި ފިލްމީ ދާއިރާގައި މަސައްކަތްކޮށް ބެލުންތެރިންގެ ލޯބި ހޯދި، ދިޝާ ބޮލީވުޑުން އެންމެ ފުރަތަމަ ފެނުނީ ކްރިކެޓް ކުޅުންތެރިޔާ މަހެންދަރް ސިންގުގެ ހަޔާތައް ނެރުނު ފިލްމު އެމްއެސް ދޯނީ އިންނެވެ. އޭގެފަހުން އޭނާފެނިގެން ދިޔައީ އޭނާގެ ލޯބިވެރިޔާ ޓައިގާ ޝްރޮފާއެކު ބާގީ 2 އަކުންނެވެ.
ދިޝާ ޕަޓާނީ ބާރަތު
ހިޔާލު