Kaivenyyah Ahareh, Hissakuree Kaivenige aa Photo ai Video
image
އަނުޝާކާ އާއި ވިރާޓުގެ ކައިވެނީގެ ބައެއް ފޮޓޯ---
0 ކޮމެންޓް
 

ކައިވެންޏަށް އަހަރެއް، ހިއްސާކުރީ ކައިވެނީގެ އާ ފޮޓޯތަކާއި ވީޑިއޯ

މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާޓު ކޯލީއާ އާ އަނުޝްކާ ޝަރުމާގެ ކައިވެންޏަށް އަހަރެއް ފުރިފައިވާއިރު އެދެމީހުން ހިއްސާކުރީ ކައިވެނީގެ އާ ފޮޓޯތަކާއި ވީޑިއޯތަކެވެ.
އަނުޝްކާ އާއި ވިރާޓު ކައިވެނިކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އިޓަލީގައެވެ. ކައިވެންޏަށް މިއަދު އަހަރެއް ވެފައިވާއިރު ދެމީހުން ވެސް ވަނީ ކައިވެނީގެ ތެރެއިން ނަގާފައިވާ އާ ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އެގޮތުން އަނުޝްކާ ކައިވެނީގެ ވީޑިއޯއެއް ހިއްސާކުރިއިރު ވިރާޓު ވަނީ ކައިވެނީގެ ބައެއް ފޮޓޯތައް ހިއްސާކޮށްފައެވެ.ވިރާޓުއާއި އަނުޝްކާ ކައިވެނިކޮށްފައިވަނީ އާއިލާއާއި ގާތް ބައެއް ރަހުމަތްތެރިންނާއެކު އިޓަލީގެ މިލާންގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. އެމީހުން ހަނީމޫނަށް ގޮސްފައިވަނީ އެފްރިކާގެ ކޭޕް ޓައުންއަށެވެ.
ހިޔާލު