Night Market Baahvan Harudhanaa Usoolu Thakeh Hadhanee
image
މިއަހަރު ނައިޓް މާކެޓު ނުބާއްވަން ވަނީ ނިންމާފައި.-- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

ނައިޓް މާކެޓު ބާއްވަން ހަރުދަނާ އުސޫލުތަކެއް ހަދަނީ

އެއްވެސް އުސޫލެއް ނެތި ނައިޓް މާކެޓު ބާއްވަމުން އަންނާތީ އެކަމަށް ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްކި އިންޓަވިއުއްގައި ފައްޔާޒު ވިދާޅުވީ، ނައިޓް މާކެޓް ބާއްވަން ފެށީ ފިހާރަތަކުގައި ނުވިކި ހުންނަ މުދާތައް ހެޔޮއަގުގައި ވިއްކުމަށް މަގުފަހި ކޮށްދިނުމަށް ކަމަ ށެވެ. އެކަމަކު، މިހާރު ބައެއް ފަރާތްތަކުން ރާއްޖޭން ބޭރުން މުދާ ގެނެސްގެން ވިއްކަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، ބޭނުން ފަރާތަކަށް ނައިޓް މާކެޓުގައި ބައިވެރިވެވޭ ގޮތަށް ނައިޓް މާކެޓު ބޭއްވުމުގެ ސަބަބުން ރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ލިބޭ ކަމަ ށެވެ. އަދި އޭގެ ސަބަބުން "ވިޔަފާރިތައް ބަނގުރޫޓުވެގެން ދިއުމަކީ" ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދައުލަތަށް ޓެކްސް ފައިސާ ލިބިގެންދަނީ ވިޔަފާރިވެރިންގެ އަތުން ކަމަށްވާތީ، ވިޔަފާރިތަކަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނައިޓް މާކެޓު މިހާތަނަށް ބާއްވަމުން އައިސްފައި ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާއިންނެވެ. އެކަމަކު އެހެން ފަރާތްތަކުން އިންތިޒާމު ކޮށްގެން ބާއްވާ ނައިޓް މާކެޓުތަކަށް ހުރަސް ނާޅާނެކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ހިޔާލު