Salman Aai Anushka Ekugai Masaikaiy Kuraakah Noolhey
image
ސަލްމާން ހާނާއި އަނުޝްކާ ޝަރްމާ--
0 ކޮމެންޓް
 

ސަލްމާން އާއި އަނުޝްކާ އެކުގައި މަސައްކަތް ކުރާކަށް ނޫޅޭ

ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި ސަލްމާން ހާނާއި އަނުޝްކާ ޝަރްމާ އެކުގައި ފެނިގެންދާނެ ކަމަށް ފެތުރުން އަޑުތައް އަނުޝްކާގެ ތަރުޖަމާނު ދޮގުކޮށްފި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ފުރަތަމަ ފަހަރަށް ސަލްމާން އާއި އަނުޝްކާ އެކުގައި މަސައްކަތްކޮށްފައި ވަނީ އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް ނެރުނު ފިލްމު "ސުލްތާނު" ގައެވެ. އެފިލްމުގެ ޝޫޓިންގެ ތެރެއިން ދެމީހުންގެ މެދުގައި އޮތް އެކުވެރިކަން ބަދަހިވެގެން ދިޔައިރު ދާދިފަހުން ސަލްމާން ވަނީ އޭނާ ބަންސާލީއާއެކު މަސައްކަތް ކުރަން ނިންމާފައިވާ ކަން ހާމަކޮށްފައެވެ.

އެ ހަބަރާއެކު އަޑު ފެތިގެންދިޔައީ ސަލްމާން، އޭނާ އާއެކު އެފިލްމުގައި މަސައްކަތް ކުރާނެ ބަތަލާގެ ގޮތުގައި އަނުޝްކާގެ ނަން ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އެކަންދޮގުކޮށް އުމުރުން 30 އަހަރުގެ އަނުޝްކާގެ ތަރުޖަމާނު ބުނީ، ސަންޖޭގެ ފިލްމެއްގައި މަސައްކަތް ކުރަން އަނުޝްކާ ވެސް ވަރަށް ގަޔާވާކަމަށެވެ. އެކަމަކު ސަންޖޭގެ ކުރިއަށް އޮތް ފިލްމަށް އަނުޝްކާ ސޮއި ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން، ސުލްތާނަށް ފަހު އަނުޝްކާ އާއި ސަލްމާނުގެ ޖޯޑު ފިލްމަކުން ބަލާލުމަށް ކެތްމަދުވެފައި ތިބި ފަރާތްތަކަށް މިއީ ހިތާމަވެރި ހަބަރެކެވެ.
View this post on Instagram

💙

A post shared by AnushkaSharma1588 (@anushkasharma) on


އަނުޝްކާ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅު ނެރުނު ފިލްމު "ޕަރީ" ގައެވެ. އޭގެ ފަހުން އާ ފިލްމެއްގައި މަސައްކަތް ކުރަން އޭނާ ސޮއިކޮށްފައެެއް ނުވެއެވެ. މިވަގުތު އަނުޝްކާ އުޅެމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޒީރޯ" ގެ ޕްރޮމޯޝަންތަކުގައި އަވަދިނެތިއެވެ. އަނަންދު އެލް ރާއީ ޑައިރެކްޓުކޮށް މިމަހުގެ 21 ގައި ނެރޭ އެފިލްމުގައި އަނުޝްކާއާއެކު ޝާހް ރުކް ހާނާއި ކެޓްރީނާ ވެސް ފެނިގެންދާނެއެވެ.
ހިޔާލު