Shah Ge Dharifulhu Suhana Ge Furathama Fenilun Short Film Akun?
image
ޝާހު އާއި އޭނާގެ ދަރިފުޅު--
0 ކޮމެންޓް
 

ޝާހުގެ ދަރިފުޅު ސުހާނާގެ ފުރަތަމަ ފެނިލުން ކުރު ފިލްމަކުން

ބޮލީވުޑުގެ ބަތަލު ޝާހު ރުކް ހާނުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު، ސުހާނާ ހާން ވެސް ވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ސުހާނާ ބޮލީވުޑަށް ތައާރަފުކުރުމުގެ މަސައްކަތް ޝާހު ކުރަމުން އަންނަ ކަމަށް އަޑު ފެތުރެމުން އަންނަނިކޮށް އިންސްޓަގްރާމުގައިވާ ސުހާނާގެ ފޭން ޕޭޖަކުން މިވަނީ އޭނާ ކުރު ފިލްމެއްގެ ޝޫޓިން ތެރޭގައި މަސައްކަތް ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާއްމުކޮށްފަ އެވެ.

ކާރެއްގެ ތެރޭގައި ސުހާނާ ސޫޓިންތައް ކުރިއަށް ގެންދަނިކޮށް އާއްމުވި އެ ފޮޓޯތަކާއި ގުޅިގެން އޭނާގެ އާއިލާއިން މިހާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. އެކަމަކު ކިޔަވާ ނިމުމުން ފިލްމީ ދާއިރާއަށް ސުހާނާ ނެރުމަށް އެހީތެރިވާނެ ކަމަށް އޭނާގެ ބައްޕަ މީގެކުރިން ބުނެފައިވެއެވެ.

ދާދިފަހުން ސުހާނާ ވަނީ މަޝްހޫރު މެގަޒިން ވޮގް އިންޑިއާގެ ކަވާ އިން ވެސް ފެނިފައެވެ. ލަންޑަނުގައި ކިޔަވަމުން އަންނަ ސުހާނާއަށް އެއްވެސް ސަބަބެއް ނެތި ވޮގް ކަވާ އިން ފެނިލުމުގެ ފުރުސަތު ލިބިގެން ދިއުމުން ގިނަ ބައެއްގެ މެދުގައި ހޫނު ޒުވާބެއް ވަނީ ކުރެވިފައެވެ. އެގޮތުން ބޮލީވުޑްގެ ސްޕަސްޓާއެއްގެ ދަރިއެެއް ކަވާގައި ޖަހައިގެން ނެޕޮޓިޒަމް ޕްރޮމޯޓު ކުރަނީކަމަށް އެއް ބަޔަކު ތުހުމަތު ކުރިއެވެ.

ވޮގްއަށް ދިން އިންޓަވިއުއްގައި ސުހާނާ ބުނީ، އުމުރުން އެންމެ 16 އަހަރުގައި މައިންބަފައިންނާއި ދުރުގައި އެކަނި އުޅުމަށް ލިބުމަކީ ހަޔާތުގައި ނެގުނު އެންމެ ރަނގަޅު ފިޔަވަޅު ކަމަށެވެ. އެގޮތުން ތަފާތު މާހައުލެއްގައި ދިރިއުޅެ މުޅިން އާ ބަޔަކާއި ބައްދަލުވެގެން ދިއުމަކީ އަމިއްލަ ނަފުސަށް އޮތް އިތުބާރު އިތުރުވެގެން ދިޔަ ކަމެއް ކަމަށް އޭނާ ބުނެއެވެ. އެގޮތުން އާދައިގެ ކަންކަން ކޮށްލުމަށް ފުރުސަތު ލިބިގެން ދިޔަކަން ފާހަގަކޮށް އޭނާ ބުނީ، މަގުމަތީގައި އެކަނި ހިނގާލާ އުޅުމާއި ޓްރެއިންގައި ތަންތަނަށް ގޮސް ހެދޭ ކަމަށެވެ. އެކަމަކު މުމްބާއީގައި އެގޮތަށް އުޅުމަކީ ވަރަށް ދަތިކަމެއް ކަމަށް ވެސް އޭނާ ބުނެއެވެ.
ހިޔާލު