Kartik Dhariaku Hoadhan Beynun vani Katrin Aeku
image
ކާތިކް އާއި ކެޓްރީނާ---
1 ކޮމެންޓް
 

ކާތިކް ދަރިއަކު ހޯދަން ބޭނުންވަނީ ކެޓްރީނާ އާއެކު

ބޮލީވުޑު އެކްޓަރ ކާތިކް އާރިޔަން ދަރިއަކު ހޯދަން ބޭނުންވަނީ ކެޓްރީނާ އާ އެކު ކަމަށް އޭނާ ބުނެފިއެވެ.
ކާތިކް އެހެން ބުނެފައިވަނީ ނެހާ ދޫޕިއާގެ އޯޑިއޯ ޝޯ، ' ނޯ ފިލްޓާ ނެހާ' ގައެވެ. ކާތިކް ބުނިގޮތުގައި އޭނާ ކެޓްރީނާ އާއެކު ދަރިއަކު ހޯދަން ބޭނުން ވަނީ އޭނާ ވާހަކަ ދައްކާގޮތް ކަމުދާތީ ކަމަށެވެ. އެގޮތުން ކެޓްރީނާ ބަސްތައް ޕްރަނައުންސް ކުރާގޮތާއި ބޭނުން ކުރާ ގޮތް ވަރަށް ކަމުދާކަމަށް ކާތިކް ވަނީ ބުނެފައެވެ.

ކާތިކްގެ ޖަވާބާއެކު ނެހާ ވަނީ އެކްޓަރެސް ޖެކޮލިން ފަނާންޑަސް ވެސް ވާހަކަ ދައްކާނީ އެގޮތަށް ކަމަށް ބުނެފައެވެ. ކާތިކް ވަނީ އޭނާ އަށް އަދި އެކަން ނޭންގޭ ކަމަށް ބުނެފައެވެ.

ކާތިކް އާއި ކެޓްރީނާ އަދި އެކުގައި މަސައްކަތްކޮށްފައެއް ނުވެއެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ކާތިކް ކެޓްރީނާ އާއެކު ފިލްމެއްގައި މަސައްކަތް ކުރުމަށް ހުރީ ކެތް މަދުވެފައެވެ.

ޕިޔާރުކާ ޕަންޗުނާމާ އިން ބޮލީވުޑަށް ތައާރަފުވި ކާތިކްއަށް އެންމެ ބޮޑު ކާމިޔާބެއް ލިބިފައިވަނީ ލަވް ރަންޖަން ޑައިރެކްޓުކޮށް ނެރެފައިވާ ފިލްމު ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ އިންނެވެ. އޭނާ ދެން ފެނިގެންދާނީ ލަކްޝްމަން އުތޭކަރް ޑައިރެކްޓު ކުރާ ފިލްމު "ލުއްކާ ޗުޕީ" އިންނެވެ. ކާތިކް ފެނިގެންދާނީ މަތޫރާގެ ލޯކަލް ޗެނަލްއެއްގެ ރިޕޯޓަރެއްގެ ރޯލުންނެވެ.
ހިޔާލު

ބޯހަލާކު

ޗީޑި. އިނގިރޭސި ވާން ބޮލައްތުރާ، ފޭކު އެކްސެންޓަކުން ހިންދީ ބަހުން ވާހަަކަ ދައްކާ އަންހެނެއްް އެ ކެޓުރީނާ އާއި ޖެކުއަލިންއަކީ. އެކްޓެއް ނުހުރެ. ބަރަހަނާ ހެދުންއަޅައިގެން ނަށާ، މަޝްހޫރު މީހުނާ ހިތާވެގެން އެއް ކޮޓަރީގަ ނިދާ ހިސާބައް ގޮސްގެން މަޝްހޫރުވީ. ކަލޯ ވެސް ޓްރައި ކޮއްލީމަ ވާނެ. ޝީ އިސް އީޒީ.