India State Election in BJP ah Bodu Naakaamiyaabee eh
image
ކޮންގްރެސް އަށް ލިބުނު ކާމިޔާބީ އެ ޕާޓީގެ ސަޕޯޓަރުން ފާހަގަ ކުރަނީ.-- ފޮޓޯ: ރޮއިޓާސް
0 ކޮމެންޓް
 

އިންޑިއާ ސްޓޭޓް އިލެކްޝަނުން ބީޖޭޕީ އަށް ބޮޑު ނާކާމިޔާބެއް

އިންޑިއާގެ ސްޓޭޓް އިލެކްޝަނުގައި ވެރިކަންކުރާ ބީޖޭޕީ އަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިވެއްޖެ އެވެ.
ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުގެ ގޮތުގައި އޮތް ޗައްތިގަރު އަދި ރަޖަސްތާނުގެ އިންތިހާބު އިދިކޮޅު ކޮންގްރެސް އިން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި މަދިޔަ ޕްރަދޭޝްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުޑަ ތަފާތަކާ އެކު އެ ސްޓޭޓުގެ އިލެކްޝަން ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ވެސް ކޮންގްރެސް ޕާޓީންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިންޑިއާގެ ސިޔާސީ މައިދާނުގައި ފަހަކަށް އައިސް އެއްވެސް ކާމިޔާބީއެއް ނުލިބި އޮތް ކޮންގްރެސް ޕާޓީން ސްޓޭޓް އިލެކްޝަނުގައި ލިބުނު ކުރިއެރުމާ އެކު އެ ޕާޓީގެ ބާރު އިތުރަށް ވަރުގަދަ ކުރުމަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.

މިއީ އަންނަ އަހަރު އޮންނަ އިންޑިއާގެ އާންމު އިންތިހާބުގެ ކުރިން ބާއްވާ އެ ގައުމުގައި ބޭއްވި އެންމެ ފަހު ސްޓޭޓް އިލެކްޝަނެވެ. އާންމު އިންތިހާބު އަނަން މެއި މަހުގެ ކުރިން ބާއްވާނެ އެވެ.
ހިޔާލު