MP Yameen MTDah
image
މެމްބަރު ޔާމީން، އެމްޓީޑީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއެކު--
1 ކޮމެންޓް
 

މެމްބަރު ޔާމީން އެމްޓީޑީއަށް

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މޯލްޑިވްސް ތާޑްވޭ ޑިމޮކްރޭޓްސް (އެމްޓީޑީ) އަށް ސޮއި ކުރައްވައިފިއެވެ.
މެމްބަރު ޔާމީން ވަނީ އެމްޓީޑީއަށް ސޮއިކުރެއްވުމުގެ ކުރިން ޕީޕީއެމުން ދާއިރާއަށް ވާދަކުރަން ދީފައިވާ ޓިކެޓް ދޫކޮށްލައްވާފައެވެ.

ޔާމީން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރައިމަރީއަކާއި ނުލައި ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވައިފިނަމަ އޭނާ މަޖިލީސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިދާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމްގެ ޓިކެޓް ދޫކޮށްލަން ނިންމެވީ އެދާއިރާއަށް ޕީޕީއެމުން ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާތީ އެފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އެމްޓީޑީއަށް މެމްބަރު ޔާމީން ސޮއިކުރައްވާފައިވާއިރު އަދިވެސް ބައެއް މަޖިލިސް މެމްބަރުން އެޕާޓީއަށް ސޮއިކުރައްވަން އުޅުއްވާ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.
ހިޔާލު

ާއަހަރެން

ނަފްސު ވިއްކަނިލަދެއްވެސްނުގަނޭތަ؟