Generator Eh Halaaku Vegen Male' Ge Baeh Sarahahdhuthakun Karantu Kandanee
image
މާލެ ސިޓީ: ފޮޓޯ އާފަތިސް
0 ކޮމެންޓް
 

މާލޭ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަނީ

ސްޓެލްކޯގެ ޖަނަރޭޓަރެއް ހަލާކުވެގެން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ނެރުނު އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ބޮޑު ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ކަރަންޓު ކަނޑާލާނީ އެއް ގަޑީރަށްކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ. އެހެންނަމަވެސް ކަރަންޓު ކަނޑަމުންދާނީ ކޮން ސަރަހައްދުތަކަކުން ކަމެއް އަދި ނާންގައެވެ. އެހެން ނަމަވެސް ކަރަންޓު ކެނޑުމުގެ ކުރިން އެސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަންގާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

މިއަދު ހެނދުނުން ވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކެނޑިފައެވެ.
މާލޭ ސިޓީ ކަރަންޓް
ހިޔާލު