Kulhudhuffushtah 126 million ruffiya ge bodu mash'roo eh
image
ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ 126 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެއް
0 ކޮމެންޓް
 

ކުޅުދުއްފުއްޓަށް 126 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެއް

ހދ ކުޅުދުއްފުށީ ބަނދަރު ބޮޑުކޮށް ގިނަ ވަސީލަތްތަކެއް ގާއިމް ކުރުމަށް 126.9 މިލިއަން ރުފިޔާގެ މަޝްރޫއެއްގައި ސަރުކާރާއި އެމްޓީސީސީއާއި ދެމެދު ސޮއިކޮށްފިއެވެ.
މި މަހުގެ 12 ވަނަ ދުވަހު ސޮއި ކުރެވުނު މި މަޝްރޫޢަކީ އޭސިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގައި މުދާ އުފުލުމާއި ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހަދާ އާ ނެރެއް ކެނޑުން ހިމެނޭއިރު، ކުދި އުޅަނދު ފަހަރަށް ޖެޓީތަކެއް ހެދުމާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ހެދުންވެސް ހިމެނެއެވެ.

މީގެ އިތުރުން ފެރީޓާމިނަލް އިމާރާތެއް ހެދުމާއި، ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ރީޓެއިން ފިހާރަތަކާއި ނަމާދުކުރާތަނެއް އަދި ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މައިންނަށް ހާއްސަ ސަރަހައްދެއް ތަރައްޤީ ކުރުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން މަސް މާރުކޭޓެއް ހެދުމާއި މަސްކެނޑާތަނެއް ހެދުމާއި މަސްވެރިނަށް ފާހާނާއާއި ފެންވެރޭނެ އިންތިޒާމު ހަމަޖެއްސުމާއި ސްޓޯރާއި ފައިސާ ކައުންޓަރުތައްވެސް ގާއިމް ކުރެވޭނެ ކަމުގައެވެ.

މި މަޝްރޫޢުގެ ތެރެއިން ކުދި އުޅަނދު ފަހަރު ބޭނުންކުރުމަށާއި މޫދު ކުޅިވަރުތައް ކުޅުމަށް ވޯޓަރ ފްރަންޓް ޒޯނެއް ތަރައްޤީ ކުރުމަށް ނިންމާފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ހިޔާލު