Taimur aa Vahtharu Budhah fahu Taimur ge Namugai Filmeh
image
ތައިމޫރު އަލީ ހާން---
0 ކޮމެންޓް
 

ތައިމޫރާ ވައްތަރު ބުދަށްފަހު ތައިމޫރު ނަމުގެ ގައި ފިލްމެއް

ބޮލީވުޑުގެ މަޝްހޫރު ތަރި ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ތައިމޫރު އަލީ ހާނަކީ އުމުރުން އެންމެ އެއް އަހަރުގައި ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އަންނަ "ސްޓާ ކިޑް" އެވެ.
ތައިމޫރާ ވައްތަރު ބުދެއް ދާދި ފަހުން ވިއްކަން ފަށާފައިވާއިރު މިހާރު ވަނީ ތައިމޫރުގެ ނަމުގައި ފިލްމެއް ވެސް ހަދަން ނިންމާފައެވެ. ފިލްމު އުފެއްދުންތެރިޔާ މަދުރް ބަންޑާކަރް 'ތައިމޫރު އަލީ ހާން' ގެ ނަމުގައި ފިލްމެއް ހެދުމަށްޓަކައި އެނަން މިހާރު ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު ގިނަ ބަޔަކު ދެކޭގޮތުން މިއީ ކަރީނާ މަދުރް އަށް ލާރި ދީގެން ކުރާކަމެކެވެ. އަދި އެފިލްމު ފުލޮޕް ވާނެ ކަމަށްވެސް ގިނަ ބަޔަކު ދެކެވެ.

މިމަހު ތައިމޫރަށް ދެ އަހަރު ފުރޭއިރު އެންމެ ކުޑައިރުން ފެށިގެން އޭނާގެ ފަހަތުން ޕަޕަރާޒީން އުޅެއުޅެ ތައިމޫރު މިހާރު އެމީހުންނާއި ވަރަށް ރައްްޓެއްސެވެ. އެގޮތުން އެމީހުން ފެންނަ އިރަށް އަތުގެ އިޝާރާތް ކޮށްލުމާއި ފޮޓޯ ނަގާއި ވަގުތު ހީލާ ހަދައެވެ.

ސައިފާއި ކަރީނާ އާ އެއް ފަދައިން ތައިމޫރަށް ވެސް ބޮޑު ސަމާލުކަމެއް ލިބެމުން އަންނައިރު އޭނާގެ ސަލާމަތީ ކަންކަމާއި އޭނާގެ މައިންބަފައިން ވަރަށް ކަންބޮޑުވެއެވެ. އެހެންކަމުން އޭނާއަށް ބޮޑީގާޑެއް ހޯދުމުގެ މަސައްކަތް އޭނާގެ މައިންބަފައިން ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެއެވެ.
ތައިމުރް
ހިޔާލު