Husskoh Huri Nama Date Kuran Beynumee Badminton Champion P.V Sindhu Aa: Ayushmann
image
އަޔޫޝްމަން އާއި ސިންދޫ--
0 ކޮމެންޓް
 

ހުސްކޮށް ހުރިނަމަ ޑޭޓު ކުރާނީ ބެޑްމިންޓަން ޗެމްޕިއަން ސިންދޫއާ: އަޔޫޝްމަން

ބޮލީވުޑުގެ މަޝްހޫރު ތަރި އަޔޫޝްމަން ކުރާނާ، ހުސްކޮށް ހުރި ނަމަ އެންމެ ބޮޑަށް ޑޭޓުކުރަން ބޭނުމީ އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ޕީވީ ސިންދޫއަށް ކަމަށް އޭނާ ބުނެފި އެވެ.
ވިކީ ޑޯނާ އިން ވިދާލި ތަރި، އަޔޫޝްމަން، ދާދި ފަހުން ވަނީ ކަރަން ޖޯހަރު ހުށަހަޅާ މަޝްހޫރު ޝޯ، ކޮފީ ވިތު ކަރަންގައި ބައިވެރިވެފައެވެ. ވިކީ ކައުޝިއަލްއާއެކު އޭނާ އެޝޯގައި ބައިވެރިވި އިރު އެޝޯގެ ރެޕިޑް ފަޔާ ރައުންޑުގައި ވަނީ ހުސްކޮށް ހުރިނަމަ ޑޭޓު ކުރާނީ ކޮން ތަރިއަކާތޯ އަޔޫޝްމަންއާ ސުވާލުކޮށްފައެވެ. އަދި ފަސްޖެހުމެއް ނެތި އޭނާ ވަނީ އިންޑިއާގެ ބެޑްމިންޓަން ޗެމްޕިއަން ސިންދޫ ކަމަށް ބުނެފައެވެ. އަދި އުމުރުން 23 އަހަރުގެ ސިންދޫ ވަރަށް ރީތި ވަރަށް "ހޮޓް" ކަމަށް އޭނާ ބުނެއެވެ.

ބެޑްމިންޓަން ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސިންދޫއަކީ އޮލިމްޕިކް ސިލްވާ މެޑަލެއް ހޯދި އިންޑިއާއަށް ނިސްބަތްވާ ފުރަތަމަ އަންހެނާއެވެ. އަދި މިއަހަރުގެ ކޮމަންވެލްތްސް ގޭމްސްގައި ވޮމަން ސިންގަލްސް އިން އޭނާ ވަނީ ސިލްވާ މެޑަލެއް ހޯދާފައެވެ. ސިންދޫއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައީ 2012 ވަނަ އަހަރު، ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަނުގެ ވޯލްޑް ރޭންކިންގެ އެންމެ މޮޅު ވިހި ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުމުންނެވެ. އޭރު އޭނާގެ އުމުރަކީ 17 އަހަރެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ ބެޑްމެންޓަން ދާއިރާ އިން އިންޑިއާ ފަހުރުވެރިވާނެ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

އުމުރުން 34 އަހަރުގެ އަޔޫޝްމަން އެންމެ ފަހުން ފެނިފައި ވަނީ އަމިތު ޝަރްމާ ޑައިރެކްޓުކޮށް ނެރުނު ފިލްމު "ބަދާއީ ހޯ" އިންނެވެ. އެފިލްމަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. 2008 ވަނަ އަހަރު އަޔޫޝްމަން ވަނީ ކައިވެނި ކޮށްފައެވެ. އަދި އެ ކައިވެންޏަށް ދެކުދިން ވެސް ލިބިފައިވެއެވެ.
ހިޔާލު