Indiaage Fahlhiakun Bath Kei Bayaku Vihavejje
image
0 ކޮމެންޓް
 

އިންޑިއާގެ ފައްޅިއަކުން ބަތް ކެއި ބަޔަކު ވިހަވެއްޖެ

އިންޑިއާގެ ފައްޅިއަކުން ބަތްކެތި 70 މީހަކު ވިހަވެފައިވާކަމަށް އިންޑިއާ ފުލުހުން ހާމަކޮށްފިއެވެ.
ބީބީސިން އިންޑިއާ ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ ވިހަވެފައިވަކީ ކަރަނާޓަކާގެ ފައްޅިއެއްގައި ހޮނިހިރު ދުވަހު އޮތް ހަފްލާއަކުން ބަތް ކެއި ބައެއް ކަަމަށެވެ.

ކާނާ ވިހަވެފައިވާ މީހުންގެ ތެރެއިން 11 މީހެއްގެ ހާލު ސީރިއަސްއެވެ.

"އަޅުގަނޑުމެންނަށް ކާން ދިނީ ޓޮމާޓޯއާއި ބަތް. އޭގެން ވެސް ވަރަށް ވަސް ދުވި. ކާތަކެތި ނުކައި އުކައިލި މީހުންނަށް އޭގެ އަސަރެއް ނުކުރޭ،" އެ ހަފުލާގައި ބައިވެރިވި މީހަކު ބީސީސީއަށް މައުލޫމާތު ދެމުން ބުންޏެވެ.

ފައްޅީގައި ހުރި ކާތަކެއްޗަށް ވިހަލީކަމުގެ ތުހުމަތުގައި އިންޑިއާ ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ.
ކާނާ ވިހަވުން
ހިޔާލު