2 Vana Ufan Dhuvas Faahaga Kurumah Taimur South Africa Ah
image
ތައިމޫރު އޭނާގެ މައިންބަފައިންނާއެކު ސައުތު އެފްރިކާއަށް ދިއުމަށް އެއާޕޯޓަށް ވަންނަނިކޮށް ނަގާފައިވާ ފޮޓޯއެއް--
0 ކޮމެންޓް
 

ދެވަނަ އުފަން ދުވަސް ފާހަގަކުރުމަށް ތައިމޫރު ސައުތު އެފްރިކާއަށް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ހާނާއި ސައިފް އަލީ ހާންގެ ދަރިފުޅު ތައިމޫރަކީ މިވަގުތު ބޮލީވުޑުގެ ތަރިންނަށް ލިބިފައިވާ ކުދިންތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް "ސްޓާ ކިޑް" އެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ތައިމޫރު އުފަންވިއިރު އޭނާއަކީ ކަރީނާ އާއި ސައިފުގެ ކައިވެންޏަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. އެކަމަކު ސައިފުގެ ފުރަތަމަ ކައިވެންޏަށް އޭނާއަށް އިތުރު ދެ ކުދިން ލިބިފައިވެއެވެ.

މައިންބަފައިން ފަދައިން މަޝްހޫރު ތައިމޫރު މިވަނީ އޭނާގެ ދެވަނަ އުފަން ދުވަސް ފާހަގަކުރުމަށް ސައުތު އެފްރިކާއަށް ގޮސްފައެވެ. މަންމަ އާއި ބައްޕައާއެކު އޭނާ ސައުތު އެފްރިކާއަށް ދިއުމަށް އެއާޕޯޓަށް ދިޔަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު މިވަނީ އާންމުވެފައެވެ. އެގޮތުން ސައިފުގެ ކޮނޑުގައި ދެފައި ބާލައިގެން އިން ތައިމޫރަށް ޕަޕަރާޒީން ފެނުމާއެކު އެމީހުންނަށް "ބާއި" ކިޔާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

ސައުތު އެފްރިކާއަށް ތައިމޫރު އޭނާގެ އުފަން ދުވަސް ފާހަގަކުރުމަށް ދިޔައިރު މިމަހުގެ ހަތް ވަނަ ދުވަހު ވެސް އޭނާ އުފަން ދުވަސް ފާހަގަކުރުމަށް އެއާއިލާއިން ވަނީ ޕާޓީއެއް ބާއްވާފައެވެ. އެގޮތުން އެ ޕާޓީގައި ބައިވެރިވީ ގާތް ކަރީނާގެ ގާތް ރަހުމަތްތެރިންނާއި އެމީހުންގެ އާއިލާ މީހުން އެކަންޏެވެ.

ޅަ އުމުރެއްގައި ގިނަ ބައެއްގެ ލޯތްބާއި ސަމާލުކަން ލިބިފައިވާ ތައިމޫރުގެ ނަމުގައި ސޯޝަލް މީޑިއާގައި ފޭން ޕޭޖުތައް ވެސް އަންނަނީ ހިންގަމުންނެވެ. މީގެ އިތުރުން ދާދިފަހުން އޭނާއާ ވައްތަރު ބުދެއް އުފައްދާ އިންޑިއާގެ ބާޒާރުގައި ވިއްކަން ފަށާފައިވާއިރު ތައިމޫރު ބޭރަށް ނުކުންނަ ވަގުތަކަށް އޭނާ ދިރިއުޅޭ ގޭގެ ބޭރުގައި ޕަޕަރާޒީން ފޯރި މަރައެވެ.
ހިޔާލު