Aryan aai Suhana Filmy Dhaairaa ah Vannanee Thin Varakah Aharu Fahun: Shah
image
ސުހާނާ، އާރިޔަން އަދި ޝާހު---
0 ކޮމެންޓް
 

އާރިޔަން އާއި ސުހާނާ ފިލްމީ ދާއިރާއަށް ވަންނާނީ ތިން ވަރަކަށް އަހަރު ފަހުން: ޝާހު

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހު ރުކް ހާނުގެ ދޮށީ ދަރިފުޅު އާރިޔަން ހާނާއި އަންހެން ދަރިފުޅު ސުހާނާ ހާން ފިލްމީ ދާއިރާއަށް ވަންނާނީ ތިން ވަރަކަށް އަހަރު ފަހުން ކަމަށް ޝާހު ރުކް ހާން ބުނެފިއެވެ. Dhiraagu
ޝާހު މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ޒޯރޯ' ޕްރޮމޯޓު ކުރުމުގެ މަސައްކަތުގައެވެ. އެގޮތުން ދާދި ފަހުން ފިލްމު ޕްރޮމޯޓު ކުރުމުގެ އިވެންޓެއްގެ ތެރެއިން ޝާހު އަށް ވަނީ އޭނާގެ ދަރިންގެ އެކްޑިން ކެރިއަރާ ބެހޭގޮތުން ސުވާލުކޮށްފައެވެ.

ޝާހު ބުނިގޮތުގައި އާރިޔަން ބޭނުން ވަނީ ފިލްމު ހަދަންށެވެ. އަދި އޭނާ މިހާރު އަންނަނީ ފިލްމު ހަދަން ދަސްކުރަމުން ކަމަށް ޝާހު ވަނީ ބުނެފައެވެ. އަދި ސުހާނާ ބޭނުންވަނީ އެކްޓު ކުރަން ކަމަށާއި ތިން ވަރަކަށް އަހަރު ތެރޭ ރަނގަޅު އެކްޓަރަކަށް ވާނެ ކަމަށް ޝާހު ވަނީ ބުނެފައެވެ.

އާރިޔަން މިހާރު އަންނަނީ ކިޔަވަމުންނެވެ. އޭނާ ވަނީ ބޮލީވުޑުގެ ކާމިޔާބު ފިލްމު 'ކަބީ ހުށި، ކަބީ ގަމް' ގައި ޝާހުގެ ކުޑައިރުގެ ރޯލުން ފެނިފައެވެ. ސުހާނާ ވަނީ މަޝްހޫރު މެގަޒިން ވޮގް އިންޑިއާގެ ކަވާ އިން ވެސް ފެނިފައެވެ. އަދި ދާދި ފަހުން އޭނާ ވަނީ ކޮލެޖުގެ ކުރު ފިލްމެއް ކުޅެފައެވެ.

ޒީރޯ ގައި ޝާހް ފެނިގެންދާނީ ކުރު މީހެއް (ޑުއާފް)ގެ ރޯލުންނެވެ. އަދި ކެޓްރީނާ ފެނިގެންދާނީ މަޝްހޫރު ތަރިއެއްގެ ގޮތުގައެވެ. އަދި އަނުޝްކާ ފެނިގެންދާނީ ނުކުޅެދޭ ސައިންޓިސްޓެއްގެ ރޯލުންނެވެ. ފިލުމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ހިޔާލު