Hiley Ge eh Beynuntha? Japan in Libidhaane
image
ޖަޕާނުގައި ދިރިއުޅެން ބޭނުން މީހުނަށް ދޫކުރާ ގެތަކުން ގެއެއް
3 ކޮމެންޓް
 

ހިލޭ ގެއެއް ބޭނުންތަ؟ ޖަޕާނުން ލިބިދާނެ

ޖަޕާނުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް އެގައުމުން ހިލޭ ގެ ދޫކުރަމުން އެބަދެ އެވެ.
ޖަޕާނުގެ އާބާދީ ދަށަށްދާ މައްސަލަ ހައްލު ކުރުމަށް އެގައުމުގެ ސަރުކާރުން އެކި ފިޔަވަޅުތައް އަޅަމުންދާއިރު، ބޭނުން ނުކޮށް ހުސްވެފައިވާ ގެތައް ޖަޕާނުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ހިލޭ ނުވަތަ ކުޑައަގެއްގައި އެގައުމުގެ ސަރުކާރުން މިހާރު ދަނީ ދޫކުރަމުންނެވެ. މީގެތެރެއިން ގިނަ ގެތަކަކީ ރަށްފުށުގެ ސަރަހައްދުތަކުގައި ހުރި ގެތަކެކެވެ.

ޖަޕާނުގައި ހުރި މީހުން ދިރިނޫޅޭ ފަޅު ގެތަކުގެ އަދަދު 8 މިލިއަނާ ގާތްކުރާނެ ކަމަށް ދި ޖަޕާން ޓައިމްސުން ލަފާކުރެ އެވެ. މި ގެތައް ދޫކުރުމުގައި ކުރާ ޝަރުތަކީ ޖަޕާނުގައި ދިރިއުޅުމަށް ދޫކުރާ ވިޒާއެއް އޮތުމެވެ. މިފަދަ ވިޒާއެއް ދޫކުރާނީ ހަމައެކަނި އެގައުމުގައި ވަޒީފާ އަދާކުރާ ބޭރުގެ ފަރާތްތަކަށެވެ.


2010 ވަނަ އަހަރުން ފެށިގެން ޖަޕާނުގެ އާބާދީން 1.3 މިލިއަން މީހުން މަދުވެފައިވާއިރު ޖަޕާނުގެ އާބާދީ ދަށްވަމުންދާ ނިސްބަތް ކޮންޓްރޯލް ކުރުމުގެ ގޮތުން އެގައުމުން މިހާރު ނިންމާފާވަނީ 100 މިލިއަން މީހުންގެ އާބާދީގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމަށެވެ.
ހިޔާލު

ސައީދުތުރީ

މިގައުމުގައި ކިހިނެއް ތިކަހަލަ ކަމެއް ކުރާނީ އާބާދީގިނަވެދާނެކަމަށް ބިންތައްވެސް ހިސޯރުކުރީ ޒުވާނަކު ކައިވުނިކޮށްގެން ދަރިފަސް ކޮޅެއް އުފަށްދަފާނެތީ

ސައީދުތުރީ

ބަލަ މިގައުމުގެ ހާލަކީވެސް ހަމަ އެއީ މިގައުމުގަވެސް ދޭތެރެދުރުކީ ރަގަޅު ދަރިފަސް ކޮޅަކުން ރަގަޅު މީހަކު ވެރިކަމަށް އަތުވެދާނެކަމަށް އަސްލުގައި ގައުމއތަކުން އެކަން އެކުރަނީ އެހއންވެގެން މިއީ ދުނިޔޭގެ ތާރީހުން ފެންނަން އޮއް ހަގިގަތް

ތޯހާ

ކިހިނެއް އާބާދީ ހިފަހައއޓަނީ. ތިޔައީ ޖަޕާނު މީހުން ބާރތުކޮންޓްރޯލްލްކުރުމަށް އެކަށައެޅި ހަރުކަށި ސިޔާސސތުގެ ކޮންސީކުއެންސް. ދެން މިހާރު ތިޔަކަމެއް ކުރަން އުޅުން މާ ލަސްވެއްޖެ. ތިތާގެ ރަށްފުށު ސަރަހައްދުގައި ދިރިއިޅެން ދާނީ ކާކު؟ ކޮންބައެއް؟