Siyasee Nufoozu Fuluhunge Muahsasaa ah Vadhegen nuvaane: Imaran
image
ހޯމް މިނިސްޓަރ އިމްރާންް އަބްދުﷲ
0 ކޮމެންޓް
 

ސިޔާސީ ނުފޫޒު ފުލުހުންގެ މުއައްސަސާއަށް ވަދެގެން ނުވާނެ: އިމްރާން

ސިޔާސީ ނުފޫޒު ފުލުހުންގެ މުއައްސަސާއަށް ވަދެގެން ނުވާނެކަމަށް ހޯމް މިނިސްޓަރ އިމްރާންް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ފުލުހުންނާއެކު މިނިސްޓަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ފުލުހުންނަކީ ގާނޫނީ ޒިންމާ އަދާކުރުމުގައި މިިނިވަންކަމާ މުސްތަގިއްލުކަމާއެކު މަސައްކަތް ކުރެވޭނެ ބައެއްކަން ކަށަވަރުކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

"އެބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ސަރުކާރުން ދޭންްޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުން ގެންދާކަން ކަށަވަރުކުރާނަން،" އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ އެކްޓިން ކޮމިޝަނާ މުހައްްމަދު ހަމީދު (އެމްސީ) ވިދާޅުވީ މީގެ ކުރިންވެސް ފުލުހުންގެ މުއައްސަސާއިން މިނިވަންކަމާއެކު މަސައްކަތްކުރާނެކަމަށް މީގެ ކުރިންވެސް ބުނެފައިވާނެކަމަށެވެ. އެހެން ނަމަވެސް މިއަދު އެކަން ފުލުހުން އަމަލުން ދައްކަން ޖެހޭކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

"ހުދު ފުލުހުންގެ މުއައްސަސާއިންވެސް އެފަދަ ނުފޫޒުތަކަށް ޖާގަނުދިނުނުން އެއީ އެންމެ ރަނގަޅުގޮތަކީ. އަދި އަޅުގަނޑުމެންނަށް އެފަދަ ނުފޫޒެއް ފޯރުވަންތިބި ބަޔަކުވެސް ނުވަތަ ފަރާތްތަކުންވެސް އެ ނުފޫޒުނުފޯރުވުމަށް ވެސް މިއަދު އަމާޒު ކަނޑައަޅާންވާނެ،" ހަމީދު ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާގެ ތެރޭގައި ސިޔާސީ ނުފޫޒު އޮންނަކަމަށް ބުނެ އަބަދުވެސް އާންމުން ސޯސަލް މީޑިއާގައި ނުރުހުން ފާޅުކުރެއެވެ. މިގޮތުން ނިމިދިޔަ ވެރިކަމުގައި ފުލުހުންގެ ތެރެއަށް ވަނީ ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރުވައި، ފުލުހުންލައްވާ ސިޔާސީ މަސައްކަތްތަކެއް ކުރުވާފައެވެ.
ހިޔާލު