Taimur Raajjeygai Heydhakuri Chuhtyge Photo Thah Dhahkaalaifi
image
ތައިމޫރާއި އޭނާގެ މައިންބަފައިން--
0 ކޮމެންޓް
 

ތައިމޫރު ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ފޮޓޯތައް ދައްކާލައިފި

ބޮލީވުޑުގެ މަޝްހޫރު ބަތަލު ސައިފް އަލީ ހާނާއި އޭނާގެ އަންހެނުން ކަރީނާ ކަޕޫރު، އެމީހުންގެ ދަރިފުޅު ތައިމޫރު އަލީ ހާން ގޮވައިގެން ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އައިސްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހެވެ.
ސައިފާއި އޭނާގެ އަންހެނުންގެ އަދި ތައިމޫރުގެ އިތުރުން ސައިފުގެ ކޮއްކޮ ސޯހާ އާއި އޭނާގެ ފިރިމީހާ ކުނާލް އަދި އެމީހުންގެ އަންހެން ދަރިފުޅު އިނާޔާ ވެސް އެދަތުރުގައި ބައިވެރިވި އެވެ.

ސޮނޭވާފުށީގައި އެމީހުން ހޭދަކުރި ޗުއްޓީގެ ބައެއް ފޮޓޯތައް ސޯހާ ވަނީ އެނާގެ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކޮށްފައެވެ. އެކަމަކު ސައިފާއި ކަރީނާ، ސޯޝަލް މީޑިއާ ބޭނުން ނުކުރާ ކަމަށް އެމީހުން ބުނެއެވެ. އެކަމަކު އެމީހުން ވަގު އައިޑީ ގެންގުޅޭ ކަމަށް ސައިފުގެ އެންމެ ދޮށީ ދަރިފުޅު ސާރާ ހާމަކުރެއެވެ.

އުމުރުން އެއް އަހަރުގެ ތައިމޫރު ޕޭން ޕޭޖަކުން މިވަނީ އެމީހުން ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ބައެއް ފޮޓޯތައް ހިއްސާ ކޮށްފައެވެ. އެގޮތުން ކަރީނާގެ އަތުގައި ހިފައިގެން ތައިމޫރު ހުރި ފޮޓޯއެއްގެ އިތުރުން ތައިމޫރު އޭނާގެ ބައްޕަ، ސައިފުއާއެކު ބައިސްކަލު ދުއްވަން އުޅެނިކޮށް ނަގާފައި ފޮޓޯއެއް ހިއްސާކޮށްފައި ވެއެވެ. އެއީ މީގެކުރިން އެމީހުން ހިއްސާ ކޮށްފައިވާ ފޮޓޯތަކެއް ނޫނެވެ.


އުމުރުން 48 އަހަރުގެ ސައިފް އާއި 37 އަހަރުގެ ކަރީނާ ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރެވެ. އެމީހުންގެ ކައިވެންޏަށް ދަރިއަކު ލިބިފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. އުމުރުން އެންމެ އެއް އަހަރުގައި ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އަންނަ ތައިމޫރަކީ މިވަގުތު ބޮލީވުޑުގައި މަސައްކަތް ކުރާ މީހުންގެ ދަރިންގެ ތެރެއިން އެންމެ މަޝްހޫރު "ސްޓާ ކިޑް" އެވެ. ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް މައިންބަފައިންނާއެކު ތައިމޫރު އައިއިރު ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލުމަށް ތައިމޫރު އައި ތިން ވަނަ މަންޒިލެވެ. މީގެ ކުރިން އޭނާ ވަނީ ސްވިޓްޑަލޭންޓާއި ލަންޑަނަށް ގޮސްފައެވެ. އެކަމަކު އެއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

މިމަހުގެ ވިހީގައި އޭނާއަށް ދެ އަހަރު ފުރޭނެ އެވެ. އެގޮތުން ދެވަނަ އުފަން ދުވަސް ފާހަގަކުރުމަށް އޭނާ މިހާރު ހުރީ މައިންބަފައިންނާއެކު ސައުތު އެފްރިކާގައެވެ.
ހިޔާލު