Jabirge Passport Cancel Kuree Qanoonee Baaru Nethi: Civil Court
image
ޖާބިރު ސިވިލް ކޯޓުން ނިކުންނަވަނީ-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރީ ގާނޫނީ ބާރު ނެތި: ސިވިލްކޯޓް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް އިމިގްރޭޝަނުން ކެންސަލް ކުރީ ގާނޫނީ ބާރު ނެތި ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ޖާބިރުގެ ޕާސްޕޯޓް 2017 ވަނަ އަހަރުގެ މެއި މަހު ކެންސަލް ކޮށްފައި ވަނީ ފުލުލުހުން ބަލަމުންދިޔަ މައްސަލައަކާއި ގުޅިގެން ޕާސްޕޯޓް ކެންސަލް ކޮށްދިނުމަށް އެދުމުންނެވެ. ޕާސްޕޯޓް ކެންސަލް ކުރިއިރު ޖާބިރު އިންނެވީ އިޓަލީއިން އިނގިރޭސިވިލާތައް ވަޑައިގެންނެވުމުގެ މަގުމަތީގައި ފުލައިޓުގައެވެ.

ޕާސްޕޯޓް ކެންސަލް ކުރެއްވި މައްސަލަ ޖާބިރު ހުށަހެޅުއްވުމުން މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ޕާސްޕޯޓާ ބެހޭ ގާނޫނާއި އިމިގްރޭޝަންގެ ގާނޫނުން އަދި އެހެންވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުންވެސް ޕާސްޕޯޓް ކެންސަލް ކުރުމުގެ ބާރު އިމިގްރޭޝަނަށް ލިބިގެން ނުވާ ކަމަށެވެ.

ކޯޓުން ބުނީ އިމިގްރޭޝަނުން ޕާސްޕޯޓް ކެންސަލް ކުރަން ނިންމީ ގާނޫނު އަސާސީގެ 19 ވަނަ މާއްދާއާއި 41 ވަނަ މާއްދާއާއި ހިލާފަށް ކަމަށެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމްކުރިއިރު، ވެރިކަން ބަދަލުވުމާއި ގުޅިގެން އިމިގްރޭޝަނުން ކެންސަލް ކުރި ޕާސްޕޯޓް ދޫކޮށްލުމުން ޖާބިރު ވަނީ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގަންނަވާފައެވެ.
ހިޔާލު