Manchester United Ge Coach Ge Magaamu Mourinho Vakikoffi
image
ހޯޒޭ މޮރީނިއޯ ފޮޓޯ:---
0 ކޮމެންޓް
 

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުގެ މަގާމުން މޮރީނިއޯ ވަކިކޮށްފި

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުގެ މަގާމުން ހޯޒޭ މޮރީނިއޯ ވަކިކޮށްފި އެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުގެ މަގާމާއި ހަވާލުވި މޮރީނިއޯ އެ މަގާމުން ވަކިކޮށްފައިވަނީ މި ސީޒަނުގައި އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ދައްކަމުންދާ ދަށްކުޅުމާ ގުޅިގެންނެވެ. މެންޗެސްޓާ ޔުނައިޓެޑު ޕްރިމިއާ ލީގު ތާވަލުގެ 6 ވަނާގައި އޮތްއިރު އެޓީމަށް ވަނީ މިފަހަރުގެ ގަދަ 4 ކަށަވަރު ކުރުމާމެދު ސުވާލު އުފެދިފައެވެ.

މެންޗެސްޓާ ޔުނައިޓެޑުން މޮރީނިއޯ މަގާމުން ވަކި ކުރުމާ ގުޅިގެން އޭނާއަށް އެކްލަބުން 24 މިލިއަން ޕައުންޑުގެ ފީ އެއް ދައްކަން ޖެހެއެވެ. މިއީ ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން އުވާލާ އޭނާ ވަކިކުރުމުގެ ބަދަލުގައި އޭނާއަށް ދޭން ޖެހޭ އެއްޗެވެ.

މެންޗެސްޓާ ޔުނައިޓެޑުން ޕްރިމިއާ ލީގުގައި އެންމެ ފަހަކަށް ކުޅުނު މެޗުގައި ލިވަޕޫލް އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު ޔުނައިޓެޑު ވަނީ ދާދިފަހުން ވާދަވެރި މެންޗެސްޓާ ސިޓީ އަތުން ވެސް ބަލިވެފައެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ކަމާ ވަގުތީ ގޮތުން ހަވާލުވެފައިވަނީ މައިކަލް ކެރިކް އެވެ. އޭނާ ޕްރޮފެޝަނަލް ލެވެލްގައި ތަޖުރިބާ މަދު ކޯޗެކެވެ. އޭނާ މެންޗެސްޓާ ޔުނައިޓެޑުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ކޯޗިން ކެރިއަރު ފެށީ މީގެ 6 މަސް ދުވަސް ކުރިންނެވެ. މިދިޔަ ސީޒަނަށްފަހު ކުޅުންތެރިއެއްގެ ގޮތުގައި ފުޓްބޯޅަ ކެރިއަރަށް ނިމުމެއް ގެނެސް ޔުނައިޓެޑުގެ ކޯޗިން ޓީމާ ގުޅިގެން މައިކަލް ކެރިކް އަކީ މެންޗެސްޓާ ޔުނައިޓެޑަށް ދިގު މުއްދަތަކަށް ކުޅެދީފައިވާ ތަޖުރިބާކާރު މިޑްފިލްޑަރެކެވެ.
ހިޔާލު