Gehlumuge Badhalu Hodhan Jabir Courtah
image
އީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބު އަބްދުﷲ ޖާބިރު: ފޮޓޯ ވަގުތު
5 ކޮމެންޓް
 

ގެއްލުމުގެ ބަދަލު ހޯދަން ޖާބިރު ކޯޓަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ކުރީގެ ވެރިކަމުގައި ހިފެހެއްްޓުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް އޭނާ ކޯޓަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެއްޖެއެވެ. Dhiraagu
މީޑިއާއަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވެފައިވަނީ ޕާސްޕޯޓު ކެންސްްލް ކުރުމުގެ ސަބަބުން އޭނާއަށާ، އޭނާގެ ވިޔަފާރިތަކަށް ވަނީ ބޮޑުގެއްލުންތަކެއް ލިބިފައެވެ. އަދި އެނާ ޕާސްޕޯޓު ކެންސަލް ކޮށްފައި އޮތް އިރު އިނގިރޭސި ވިލާތުގައި އުޅެން ޖެހުމަކީ ހަރަދުބޮޑުވިކަމެއްކަމަށެވެ. އަދި ދަތުރު ނުކުރެވުމުގެ ސަބަބުން އޭނާގެ ވިޔަފާރިތަކަށް ގެއްލުން ވެފައިވާކަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ޕާސްޕޯޓް 2017 ވަނަ އަހަރުގެ މެއި މަހު ކެންސަލް ކޮށްފައި ވަނީ ފުލުލުހުން ބަލަމުންދިޔަ މައްސަލައަކާއި ގުޅިގެން ޕާސްޕޯޓް ކެންސަލް ކޮށްދިނުމަށް އެދުމުންނެވެ. ޕާސްޕޯޓް ކެންސަލް ކުރިއިރު ޖާބިރު އިންނެވީ އިޓަލީއިން އިނގިރޭސިވިލާތައް ވަޑައިގެންނެވުމުގެ މަގުމަތީގައި ފުލައިޓުގައެވެ.

ޕާސްޕޯޓް ކެންސަލް ކުރެއްވި މައްސަލަ ޖާބިރު ހުށަހެޅުއްވުމުން މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ޕާސްޕޯޓާ ބެހޭ ގާނޫނާއި އިމިގްރޭޝަންގެ ގާނޫނުން އަދި އެހެންވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުންވެސް ޕާސްޕޯޓް ކެންސަލް ކުރުމުގެ ބާރު އިމިގްރޭޝަނަށް ލިބިގެން ނުވާ ކަމަށެވެ.

ކޯޓުން ބުނީ އިމިގްރޭޝަނުން ޕާސްޕޯޓް ކެންސަލް ކުރަން ނިންމީ ގާނޫނު އަސާސީގެ 19 ވަނަ މާއްދާއާއި 41 ވަނަ މާއްދާއާއި ހިލާފަށް ކަމަށެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމްކުރިއިރު، ވެރިކަން ބަދަލުވުމާއި ގުޅިގެން އިމިގްރޭޝަނުން ކެންސަލް ކުރި ޕާސްޕޯޓް ދޫކޮށްލުމުން ޖާބިރު ވަނީ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގަންނަވާފައެވެ.
ހިޔާލު

ވާދީ

މިކަލޭގެ ޝަރުޢީ ދައިރާއާ ފިލައިގެން އުޅުމަށްފަހު ރާއްޖޭގައި ކުއްކުރާމީހުން ކޮށްފައިވާ ކުއްތައް ނުކުރާ ކުށަކަށް ބަދަލުވީމާ ރާއްޖެއާސް މޮޔަގޮވަނީ މީނާއަކީ ފައިސާއަށް ބޫތުކައިފާވާ މީހެއްތާ

މުޙުއްމާ

ޖާބިރުމެން ކަހަލަ މޮޔައިން ރަގަޅުވާނީ ގުރާދޫގަ ބެއިތިއްބިއްޔާ. އެކަހަލަ މޮޔައިން ދޫވެފަ ތިބެގެން މި ޤައުމު ނިހިންގޭނެ.

އަބުދުﷲ

50މިލިއަން އެމެރިކަން ޑޮލަރު، މިއަދަދު، ހޯދަން ހުށައަޅާއިރު މިއަދަދު ގެއްލުންވި ގޮތުގެ ފުރިހަމަ ތަފުސީލު ހުށަހަޅައި އާއްމު ކުރި ނަމަ ރަނގަޅުވީސް. މިގައުމުގެ ހަޒާނާއިން ކޮންމެމީހަކައް މިގޮތައް ފައިސާ ނަގައިދެން ވެއްޖެއްޔާ ދެން މިގައުމުގެ ހަރަދު ބަރަދު ބަލަހައްޓާނެ ގޮތެއް ކޮބާ؟ ޖާބިރުވިޔަސް، ގާސިމް ވިޔަސް، ނަޝީދުވިޔަސް، މައުމޫނުވިޔަސް، ޔާމީނުވިޔަސް އަދި އިމްރާނުވިޔަސް މިގޮތައް އެއްސަރުކާރުން ކުރާކަމަކުން އަނެއްސަރުކާރަކުން ފައިސާ ގައުމުގެ ހަޒާނާއިން ދޭން ޖެހިއްޖެނަމަ މީ ވަރައް ތާކުން ތާކުނުޖެހޭ ގާނޫނު ތަކެއް. މިނުން ގޮތެއް ހޯދަން ޖެހޭ.

މަކަލަސް

ކިހާބޮޑު ކަމެން މިކަލޭގެޔަކީ ހަމަގެއްލިފައި ހުރި މީހެއް ފުރަތަމަ ރައްޔަތުންގެފައިސާދީ ދެންދަރަނި އަދާކުރޭ؟؟

ޑޫވެހި

ޙ. ދޫވެހި އަާއި ނަސަންދުރާ އެއްކޮއްލީމަ 50 މިލިއަން ހަމަވޭދާނެ.