Yameen Gasimah Kuravvaa Thaureef Gabooleh Nukurevey: Abdulla Riyaz
image
ރައީސް ޔާމީނާއި، ގާސިމް ޖޭޕީ އޮފީސް ތެރޭގައި-- ފޮޓޯ: ވީމީޑިއާ
2 ކޮމެންޓް
 

ޔާމީން ގާސިމަށް ކުރައްވާ ތައުރީފު ގަބޫލެއް ނުކުރެވޭ: އަބްދުﷲ ރިޔާޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖުމްހޫރީ ޕާޓީގެ ލީދަރު ގާސިމް އިބްރާހިމަށް ކުރައްވާ ތައުރީފުތައް ގަބޫލެއް ނުކުރެއްވޭ ކަމަށް ޖޭޕީގެ ޕާލަމެންޓަރީ ގުރޫޕު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ފަހަކަށް އައިސް ރައީސް ޔާމީން އާއްމުންނާއި މުހާތަބު ކުރައްވާ ކޮންމެ ފަހަރަކު ގާސިމަށް ތައުރީފު ކުރައްވައެވެ. އެގޮތުން އިއްޔެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ރައީސް ޔާމީން ވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި މުޅި ކޯލިޝަނުގެ އެންމެ ބޮޑު ކޮންޓްރިބިއުޝަން އަކީ ގާސިމް ކަމަށް ސިފަ ކުރައްވާފައެވެ.

ރައީސް ޔާމީންގެ ވާހަކަ ތަކަށް ރައްދު ދެއްވަމުން ރިޔާޒު ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު ގާސިމް ކަމަކު ނުދާ ކަމަށެވެ. އެހެން ނަމަވެސް ވެރިކަން ގެއްލި ކޮންވައިފާ ވައްކަމާއި ކަރޮޕްޝަންތައް ބޯމަތިވެ، ޕާޓީ ގެއްލި ކައިރީގައިތިބި މީހުންވެސްް ދުރަށް ދާ ހިސާބުން ދައްކަވާ ވާހަކަ ގަބޫލު ކުރަންވީތޯ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރައީސް ޔާމީން އިއްޔެ ވިދާޅުވީ ގާސިމްއަކީ ކުރިންވެސް އެކުގައި މަސައްކަތް ކޮށްފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެކަމަށް (ސިޔާސީ މަސައްކަތްއެކުގައި ކުރުމަށް) ގާސިމް ވަޑައިގަންނަވައިފި ނަމަ މަރުހަބާ ދަންނަވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިހާރު ތިކޯލިޝަންގައި އުޅުއްވާ ލީޑަރުންނަށް ބަލާއިރު، ކޯލިޝަން ހިފަހައްޓާ ވެރިކަން ބަދަލުވެ މި ހުރިހާކަމެއްގެ އެންމެ ބޮޑު ކޮންޓްރިބިއުޝަނަކަށް، އެންމެބޮޑު ހިއްސާއެއް އަދާކުރެވުނު ބޭފުޅަކަށް ހުންނާނީ ގާސިމޭ އިނގޭތޯ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ގާސިމަކީ ވަރަށް ގިނަ ދިވެހި ރައްޔިތުނަށް އެހީވާ ބޭފުޅެއްކަމަށާއި ކޯލިޝަންގެ ތެރޭގައި އެންމެ ބޮޑު ސްޓްރެންތެއް އޮތީވެސް ގާސިމްގެ ކަމުގައެވެ. އަދި ގާސިމަށް ރަނގަޅުގޮތް އެދިވަޑައިގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ދެން އަޅުގަނޑާ ގާސިމާއި އެއްކޮށް މަސައްކަތްކުރާތަން ފެނިދާނެތޯ، ކުރިއަށްހުރި ތަނުގައި ވިސްނަންހުރި ކަންކަންދެއްތޯ، އެކުގައި މަސައްކަތް ނުކުރެވެންވީ ސަބަބެއްވެސް ނެތް" ރައީސް ޔާމީން ވިދާޅުވިއެވެ.
ހިޔާލު

ހަނިމް

ކަލޭ ކެނެރީގޭ ނަޝީދަށް ދުވަހަކުވެސް ތާއިދެއް ނުކުރާނެ. ނަސީދުގެ ވެރިކަން ވައްޓާލި މީހަކަށް މިސަރުކާރު ތާއިދެއް ނުކުރާނެ. އެމް. ޑީ.ޕީ މީހުން ދުވަހަކުވެސް ކަލެއަކަށް ހިތް ހެވެއް ނުކުރާނެ.

ޑިމޮކްރަސީ

ސޭޓް ގެ ދުވަސްދަނީ ދެން ޢުމުރުގެބާކީ އޮތްބައި ޖަލައްދާން ތައްޔާރުވޭ