Male' Ge Baeh Sarahahdhuthakun Current Kendijje
image
މާލޭ ސިޓީ-- ފޮޓޯ: ވީނިއުސް
1 ކޮމެންޓް
 

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

މިއަދު ވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
މިއަދު ކަރަންޓު ކެނޑިފައި ވަނީ ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ނެވެ. އެގޮތުން އެސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާތާ މިހާރު ގާތްގަނޑަކަށް އެއް ގަޑިއިރަށް ވުރެ ގިނަ އިރު ވަނީ ވެފައެވެ.

މާލެއަށް ކަރަންޓު ފޯރުކޮށްދެމުން އަންނަ ސްޓެލްކޯ އިން ބުނީ، ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، ކަރަންޓު ކެނޑިފައި ވަނީ ކީއްވެކަން ހާމައެއް ނުކުރެއެވެ.


މިދުވަސްކޮޅު މާލެ އިން ކަރަންޓު ކެނޑުން ވަނީ އިތުރުވެފައެވެ. އެގޮތުން މިމަހުގެ އެކަނި ވެސް ހަތަރު ވަރަކަށް ފަހަރު ވަނީ ކަރަންޓު ކެނޑިފައެވެ. މިމަހުގެ 13 ގައި ސްޓެލްކޯ އިން ނެރުނު ބަޔާނުގައި ބުނީ، ކަރަންޓު ކެނޑުނީ މައި ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި ކަރަންޓު ވީހާވެސް މަދުން ބޭނުން ކުރުމަށް ސްޓެލްކޯއިން އެބަޔާނުގައި އެދިފައި ވެއެވެ.

ކަރަންޓުގެ މައްސަލައަކީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށަށް ވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލަ އެކެވެ. އެއީ 24 ގަޑިއިރު ކަރަންޓު ޔަގީން ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުން ނަމަވެސް އެކަމަށް އެދިވިގެންވާ ހައްލެއް ލިބިފައި ނުވާ މައްސަލަ އެކެވެ.
މާލެ ކަރަންޓް
ހިޔާލު

ޔާންޓޭ

އެހެންވީމާ މިކަންކަން މި ދިމާވަނީ ވަކި ސަރުކާރެއް އޮވެގެނެއް ނޫންތާއެ!