Taimur Balan Vegen Kareena Film Eh Dhookohlaifi
image
ކަރީނާ ކަޕޫރު ހާނާއި އޭނާގެ ދަރިފުޅު ތައިމޫރު--
0 ކޮމެންޓް
 

ތައިމޫރު ބަލަންވެގެން ކަރީނާ ފިލްމެއް ދޫކޮށްލައިފި

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުގެ ހުރި ހަމައެކަނި ދަރިފުޅު ތައިމޫރު، ބެލުމަށް ފިލްމެއް ދޫށްލިކަމަށް އޭނާ ބުނެފި އެވެ.
އުމުރުން 38 އަހަރުގެ ކަރީނާ، އެކަން ހާމަކޮށްފައި ވަނީ އޭނާ ހުށަހަޅަމުން އަންނަ ރޭޑިއޯ ޝޯގެ ތެރެއިންނެވެ. ދާދިފަހުން އެޝޯގެ މެހެމާނެއްގެ ގޮތުގައި ސަނީ ލިއޯން ބައިވެރިވިއިރު އެމީހުން ވަނީ ފިލްމީ ދާއިރާގެ އިތުރުން ދަރިންނާއި ގުޅޭ ތަފާތު ވާހަކަތަކެއް ވެސް ހިއްސާ ކޮށްފައެވެ.

ކަރީނާ ބުނީ، ތައިމޫރުގެ ސަބަބުން ސްޕަސްޓާއަކާއެކު މަސައްކަތް ކުރަން ލިބުން ފުރުސަތު ދޫކޮށްލި ކަމަށެވެ. އަދި އެފިލްމަކީ ވަރަށް ގިނަ އައުޓްޑޯ ލޮކޭޝަންތަކުގައި ވެސް ޝޫޓުކުރަން ޖެހޭ ފިލްމެއް ކަމުން އެވަގުތު ދަރިފުޅާއެކު ވަގުތު ހޭދަކުރުމަށް ފިލްމު ދޫކޮށްލީ ކަމަށެވެ. އެކަމަކު އެއީ ކޮން ފިލްމެއްކަން އޭނާ ހާމައެއް ނުކުރެއެވެ.

ދެހާސް ބާރަ ވަނަ އަހަރު، ބޮލީވުޑުގެ ބަތަލު ސައިފު އަލީ ހާނާއި ކައިވެނިކޮށް ކަރީނާއަށް ދަރިއަކު ލިބުނީ 2016 ވަނަ އަހަރެވެ. މިއަދު ތައިމޫރަށް ދެ އަހަރު ފުރިފައިވާއިރު ދަރިފުޅުގެ އުފަން ދުވަސް ފާހަގަކުރުމަށް އެމީހުން މިހާރު ތިބީ ސައުތު އެފްރިކާގައެވެ.
ހިޔާލު