Majilis Kaamiyaabukurumah Coalition Ihulaastheri Niyathehgai Thibun Muhimmu: Abdulla Riyaz
image
3 ކޮމެންޓް
 

މަޖިލިސް ކާމިޔާބު ކުރުމަށް ކޯލިޝަނުގައި އިހްލާސްތެރި ނިޔަތެއްގައި ތިބުން މުހިއްމު: އަބްދުﷲ ރިޔާޒު

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކޯލިޝަނަށް ކާމިޔާބު ކުރުމަށް، ކޯލިޝަންގެ މެމްބަރުން އިލްހާސްތެރި ނިޔަތެއްގައި ތިބުން މުހިއްމު ކަމަށް ޖޮއިންޓް ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ. dhi2
އަބްދުﷲ ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަނުން ރިޔާސީ އިންތިހާބަށް ކުރި މަސައްކަތުން ކާމިޔާބު ލިބުނު ކަމަށެވެ. އަދި މަޖިލިސް އިންތިހާބު ކޯލިޝަން ސަރުކާރަށް ކާމިޔާބުކޮށްދިނުމަށް ކޯލިޝަން އެކުގައި އިހްލާތެރި ނިޔަތެއްގައި ތިބުން މުހިއްމު ކަމަށް ރިޔާޒު ވިދާޅުވިއެވެ.


ރިޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލެއްވީ 280 ކެންޑިޑޭޓުން ކަމަށް ބުނާ ހަބަރު ޓްވީޓް ކުރައްވައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން 87 ދާއިރާއަށް ވާދަ ކުރަން ނިންމައި އެދާިއރާތަކުގެ ޕްރައިމަރީ ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ކޯލިޝަންގެ ތެރޭގައި މަޖިލިސް އިންތިހާބަށް އެއްކޮށް ވާދަކުރުމަށް ދެއްކި ވާހަކަތައް ނާކާމިޔާބުވެ، އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރީ 87 ދާއިރާއަށް ކުރިމަތިލުމަށެވެ. އެހެން ނަމަވެސް ކޯލިޝަނުގެ ހަތަރު ލީޑަރުންގެ މެދުގައި މިއަދުވެސް މިކަމާއި ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހިޔާލު

ކިޔުންތެރި

ރައްޔިތުންވޯޓެއް ނުދޭނެ ބާގީންނަކަށް

އަހުމަދިއްޔާ

ރިޔާޒު އޭ
ކޯލިޝަނަށް ރައްޔިތުން ތާއިދު ކުރޭއެވެ. އެހެން ނަމަވެސް ކޮންމެ ޕާޓީއަކުން ވެސް ބޭނުންވަނީ ކޭކް ފަޅާއިރު ބޮޑު ފަޅިއެވެ. އެކަށީގެންވާރަށް ޕާޓީގައި މީހުން ނެތަސް ބޮޑުފަޅިއެވެ. ރިޔާޒް ވިސްނާލަ ބަލާށެވެ. ކޯލިޝަން ފުރަތަމަ ބޭނުންވަނީ ކޮންމެ ބަޔަކަށް % ދޭށެވެ. އެއީ 22 ގޮޑިއެވެ. މިހާތަނަށް އެމްޑީޕީ ފިޔަވައި އަމިއްލައަށް ކޯލިޝަނުގައި މިއަދަދު ނެގިދާނެ ބައެއް ؟ ޔަގީންނުން ވެސް ނޯންނާނެއެވެ. ދެންއޮތީ @ ވާހަކައެވެ. އެމްޑީޕީ 35 ގޮޑި ކޯލިޝަނާއި ނުލާ ނެގިދާނެކަމަށް ގަބޫލު ކުރަމެވެ. އެހެން ނަމަވެސް ދެންތިބި ޕާޓީތަކަށް އަމިއްލައަށް ޖޭޕީ 21، މައުމޫނު 17 ، އަދާލަތު 13 ނެގިދާނެ ތޯ ؟ ޔަގީން ވުމަށް ވުރެން ނުވުން ބޮޑެވެ. އެހެން ކަމުން 4 ލީޑަރުންގެ ފޮމިއުލާއަކަށްވާވީ އިޚުލާސްތެރިކަމާއިއެކު ކުރުމެވެ. އެގޮތުން އެމްޑީޕީއަށް 55 ގޮޑި، ޖޭޕީއަށް 17 ގޮޑި ، މައުމޫނަށް 8 ގޮޑި، އަދާލަތަށް 7 ގޮޑިއެވެ. ކުޑަމިނުން މިވަރުން ކޯލިޝަން ނުކުމެ އެކުގައި ކޮއްފިނަމަ އިރާދަކުރެއްވިޔާ ކާމިޔާބުވާނެއެވެ. ދިވެހި ރައްޔިތެއްގެ ހަޞިއްޔަތުން އަހަރެއްގެ ޚިލާލެވެ.

އަނާ

ކަލޭ ހޮވުނަކަނުދޭނެ. ދެން މިކަމާ ވިސްނާ