Raajje aai Japan ge gulhunthah varugadha kurumah mashvaraa kohfi
image
ފޮރިން މިނިސްޓަރު ޝާހިދު (ކ-2)، ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯ (ވ-2).-- ފޮޓޯ: ފޮރިން މިނިސްޓްރީ
2 ކޮމެންޓް
 

ރާއްޖެ އާއި ޖަޕާނުގެ ގުޅުންތައް ވަރުގަދަ ކުރުމަށް މަޝްވަރާ ކޮށްފި

ރާއްޖެ އާއި ޖަޕާނުގެ ގުޅުންތައް ވަރުގަދަ ކުރުމަށް ދެ ގައުމުގެ ފޮރިން މިނިސްޓަރުން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް މުހައްމަދު ސޯލިހު މި މަހުގެ 16-18 އަށް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޖަޕާނަށް ވަޑައިގެންފަ އެވެ. ފޮރިން މިނިސްޓްރީން ބުނީ މިއަދު ޝާހިދު، ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ އާ ބައްދަލު ކުރެއްވި ކަމަށެވެ.

ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ އާއި ކުރިއެރުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އެގޮތުން މަސްވެރިކަމާއި، ފަތުރުވެރިކަމުގެ އިތުރުން ތިމާވެށީގެ ގޮތުން ދެ ގައުމުގެ ގުޅުންތައް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ޝާހިދުގެ އަރިހުގައި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވެސް ވަނީ ޖަޕާނަށް ވަޑައިގެންފަ އެވެ.

މިނިސްޓަރު ޝާހިދު ޖަޕާނުގެ އެންވަޔަރަމަންޓް މިނިސްޓަރު ޔޮޝިއާކީ ހަރަޑާ އާ ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި ތިމާވެށީގެ ދާއިރާ އިން އިތުރު އެހީތައް ރާއްޖެ އަށް ހޯދުމަށް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ގޮނޑުދޮށް ހިމާޔަތް ކުރުމާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމާއި، ބޯފެނުގެ ނިޒާމުގެ އިތުރުން ނަރުދަމާގެ ނިޒާމުގެ ޕްރޮޖެކްޓްތައް ރާއްޖޭގައި ފެށުމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރި އެވެ.
ހިޔާލު

ރަދުން

ޖަޕާނުން ހެނދުނުގެ ނާސްތާއައް ދޮންކެޔޮ އެހީ ހޯއްދަވަންތޯ ވަޑައިގަތީ.. ރާވާފަ އޮތް ޑެވެލޮޕްމެންޓު ޕޮރޮޕޯސަލެއްވެސް ނެތް ވިއްޔާ..

މައްސޫދު.

މިއޮތީ އެއްކަލަ ދަރަނި ނަގައިގެން ދަރަނިވެރިނުވާ އަރަނިވާ ގުރޫޕު ދޯ..