Anna Hafthaa Imaaraaiy Kurumuge Salaaamathee Kakamuge Qavaidhu Hadhanee
image
މުހައްމަދު އަސްލަމް-- ފޮޓޯ: ވަން އޮންލައިން
2 ކޮމެންޓް
 

އަންނަ ހަފުތާ އިމާރާތްކުރުމުގެ ސަލާމަތީ ކަންކަމުގެ ގަވާއިދު ހަދަނީ

އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ކުރިއަށް އޮތް ހަފުތާއްހާ ދުވަހުގެ ތެރޭގައި ހަދަން ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އިމާރާތް ކުރުމުގެ ގާނޫނުގައި ބުނާ ގޮތުގައި މިއަހަރު މާޗު މަހުގެ ތެރޭގައި އެކަމާއި ގުޅޭ ގަވައިދުތައް ހަދާ ނިންމަން ޖެހޭ ކަމަށެވެ. އެކަމަކު މިހާތަނަށް ގަވައިދުތައް ހެދިފައި ނުވާކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ، އަންނަ ހަފުތާގެ އާދިއްތަ ދުވަހަށް އިމާރާތްކުރުމުގެ ގަވައިދުތަކުގެ ތެރެއިން ތަނުގެ ސަލާމަތީ ކަންކަމާއި ގުޅޭ ގަވައިދު، އެޓާނީ ޖެނަރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންވާނެ ރާއްޖޭގަ އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ޕްރޮފެޝަނަލް ދެ އެސޯސިއޭޝަން ކަމަށްވާ އާކިޓެކް އެސޯސިއޭޝަނާއި އިންޖީނިއާސް އެސޯސިއޭޝަނާއި، މިހާރު އެކުލަވާލާފައިވާ ގަވައިދު އެބޭފުޅުންގެ އެއްވެސް ކޮމެންޓެއް އޮތްތޯ ބެލުމަށްފަހު މި އަންނަ ހަފުތާގެ އާދިއްތަ ދުވަހުގެ މެންދުރު އެކެއް ޖަހަން ވާއިރަށް އަންގާލަ ދިނުމަށް އެދިފަ." އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާ ނިމި، އޭގެ އަނެއް ހަފުތާގެ ތެރޭގައި އިމާރާތް ކުރާ ތަންތަނުގެ ރައްކާތެރިކަމާއި ބެހޭ ގަވައިދު ގެޒެޓު ކުރެވޭ ވަރުވާނެ ކަމަށެވެ.

އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތަށް ނުހަދާ އިމާރާތް ކުރުމުގެ ހުއްދަ ނުދިނުމަށް އެދި ވަކީލުންތަކެއް ވެސް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވެއެވެ. ދެހާސް ސާދަ ވަނަ އަހަރު ވުޖޫދަށް އައި އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ޖުމްލަ 14 ގަވައިދެއް ހަދަން ޖެހެއެވެ.
ހިޔާލު

ކަލް ދޯ ބަޖޭ

ބަލަ ތިޔަ ސައިޓުތަކުން ކިތަށް ބަގަލަޑޭޝް ރައްޔިތުންނަށް އަނިޔާލިބި މަރުވެއްޖެތޯ ؟ މިއަދު ތޯ ތިޔަކަން އެގުނީ ބޮޑެތި ވިޔަފާރި ވެރިން އަވަހަށް މުއްސަދިވާން އެއްވެސް ސަލާމަތީ ރަތްކާތެރިކަމެއް ނުބަހައްޓާ އިމާރާތްކުރަމުން ދަނީ މާލޭގައި ބަޔެއް އިމާރާތަކީ އިންސާނުން ދިރިއުޅެންވެސް ކަމުދާ ތަންތަންނޫން ޖަލު ގޮޅިފަދަ ތަންތަން ކުއްޔަށް ދޭ މީހުންވެސް އެބައުޅޭ ބޮޑު އަގުގައި ! ދިރިއުޅޭ ތަންތަން ކުއްޔަ ދިނުމާއި ބެހޭ ރަގަޅު އުސޫލުތަކެއް ކަންޑައަޅާބަލަ !

ލަކޫ

މާލެ އަކީ އިންސާނުން ދިރިއުޅެންވެސް ކަމުދާވަރުގެ ކޮންސުޓްރެކްޝަން ސައިޓެއް މާލެ މީހުން އަވަހަށް މުއްސަދިވާން ބޭންކުތަކުން ލޯނު ދެނީވެސް ހަމައެކަނި މާލެ އިމާރާތްކުރަން އަތޮޅު ތަކުގައި އިމާރާތެއްހަދަން ލޯނެއް ނުދެވޭ ބޭންކުތަށް ! ރައްޔިތުން އެބަޖެހޭ ސިޔާސީ ވަފާތެރި ކެހިވެރިން ކިބައިން ސަލާމަތްވާން!