Tinu Adhurey Eh Noon, Petrol Adhurey
image
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ - ފޮޓޯ: މަޖިލިސް
4 ކޮމެންޓް
 

އަރުވާލެވުނީ ޓިނު ފިހާރައިގަ ހުއްޓާނޫން، ޕެޓްރޯލް ފިހާރައިގަ ހުއްޓާ: އަދުރޭ

އަރުވާލެވުނީ ހިޔާނާތުގެ މައްސަލައެއްގައި ކަމަށްވިޔަސް، އެއީ ޓިނާ އެއްވެސް ގުޅުމެއް ނުވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. dhi2
ރައީސް މައުމޫނުގެ 30 އަހަރުގެ ސަރުކާރުގައިވެސް ގާތްގަނޑަކަށް 27 އަހަރު ސަރުކާރުގައި މަސައްކަތް ކުރި ކަމަށާއި ސޯޝަލް މީޑިއާގައި އަބްދުއްރަހީމަށް ފާޑުކިޔާ އެތައް ބަޔަކު ތިއްބަސް އޭގެ ތެރެއިން ގިނަ ބަޔަކަށް ނޭނގޭ ކަމަކީ އޭރު އެސްޓީއޯގައި ހަވާލުވެ ހުރީ ޕެޓްރޯލް ވިއްކާ ފިހާރައަކާ ކަމަށް އަބްދުރަހީމް ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް އޮޅިފަ އެއޮތީ. އަޅުގަނޑު މަސައްކަތް ކުރީ އެސްޓީއޯ ޓިނު ވިއްކާ ފިހާރައަކުވެސް ނޫން. އިނގޭތޯ. އަޅުގަނޑު މަސައްކަތް ކުރީ އެސްޓީއޯގަ. އަޅުގަނޑު ހަވާލުވެ ހުރީ އޭރު މިރާއްޖޭގަ ހަމައެކަނި ޕެޓްރޯލް ވިއްކާނީ އެސްޓީއޯއިން. ހަމައެކަނި." އަބްދުއްރަހީމް ވިދާޅުވި އެވެ.

ސިޔާސީ މަންފާއަށް ޓިނާ ގުޅުވާ ދައްކާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށާ އަރުވާލެވުނީ ހިޔާނާތުގެ މައްސަލައެއްގައި ކަމުގައިވިޔަސް އެއީ ޒާތީ ކަމެއްގެ ތެރެއިން އައި ހުކުމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ވަކިން ބައްދަލުކޮށް އަހައިފިނަމަ މިކަމުގެ ހަގީގަތް އަޑުއަހަން ބޭނުން ފަރާތްތަކަށް އެވާހަކަ ވަރަށް ތަފްސީލުކޮށް ކިޔައިދޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިހާރު ޓިނޭ ކިޔައިގެން ތި ވާހަކަ ދައްކާ ކުދިން އޭރު ދުނިޔެއަށް އުފަންވެސް ނުވާނެ ކަމަށާ މިއަދު މިވާހަކަ އަޑުއަހާފައި ދެން އެކުދިން ފަހަރުގައި ޓިނު ޕެޓްރޯލަށްވެސް ބަދަލުކޮށްފާނެ ކަމަށް ސަމާސާ ރާގަކަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ހިޔާލު

ރަށުމީހާ

އަދުރޭ އެހަދަނީ ކަނޑައެޅިގެން ބޮޑު ދޮގެއް. ޙުކުމް ކުރި ޤާޒީ މާރަންދޫ މޫސަ މިހާރުވެސް އެބަހުރި މާލެވިލިނގިލީގައި. މޫސަ އެބަބުނޭ ހުކުމްކުރީި ހަމަ ޤާނޫނު ތަކާ އެއްގޮތަށޭ

ބޯލޯ

ޢަދުރޭ ނެގީ އެސްޓިއޯ އިން ވާރޯލެއް ( ނައިލޯން )

ބޮއެހަލާކު

ކޮއެފުޅު ސިލޯނުގަ ހުރެގެން ކުށެއް ކުރިޔަސް ހުކުމް ކޮށްފާނެ ސީނުކަރާގައި ހުއްޓާ. ސާބަސް ހަމަ ކޮއެފުޅަށް. 😂

ޔަސް

އަންހެން ކުއްޖަކު ހިތް ކިޔައިގެން ބޮސް ކަންބޮޑު ވި މައްސަޅަ އަކީ