ދައްކަން މިއުޅެނީ ދާދި ފަހުން މާލޭގައި ހުޅުވުނު ޓެންގޯ ރެސްޓޯރަންޓްގެ ވާހަކަ އެވެ. ހިތްގައިމު، ޖާގަ ތަނަވަސް ބޮޑު ތަނެކެވެ. ކެއުންތައް ތަފާތެވެ. އަދި އެ ތަފާތުތަކާ އެކު، އެހެން ތަންތަނުން ނުލިބޭ ދިވެހި ޑިސްތަކެވެ.
މި ދައްކަނީ ޓެންގޯ ކެފޭ އެންޑް ރެސްޓޯރަންތްގެ ވާހަކަ އެވެ؛ އެ ތަނުގެ އެންމެ ޚާއްސަ ކެއުން ކަމަށްވާ "ތެޔޮ މިރުސް ބަތް" ރަހަ ބަލާލުމުގެ ފުރުސަތު ލިބުމާ އެކު، ޓެންގޯ އަކީ ދިވެހި ރަހަތަކުން މުއްސަނދިވެފައިވާ ރެސްޓޯރެންޓެއްކަން ވަނީ ސާބިތުކޮށްދީފަ އެވެ. އޭގެ ރަހަ ބެލި މީހުންގެ ތައުރީފްގެ ބަސްތައް ގިނަ އެވެ.
މަޖީދީ މަގު، މާލޭ ގްރޭޑް ފުލެޓްގެ ކުރިމަތީ ގޯޅި ތެރޭގައި ދެ ބުރިއަށް ހަދާފައި ހުރި ބޮޑު ރެސްޓޯރެންޓްގެ ގްރައުންޑްގައި ހިމެނެނީ އާއިލާތަކަށް އެކުގައި، ހަމަޖެހިލައިގެން ތިބެ ކެއުންތަކަށް އިންސާފު ކޮށްލެވޭނެ ތަނަވަސް މާހައުލެކެވެ.
ރެސްޓޯރަންޓް ތެރޭގައި، އެ ތަނުގެ ހިތްގައިމުކަމުގެ އިހުސާސްތަކާ އެކު ކާން ބޭނުން ނަމަ މަތީ ބުރިއަށް ވެސް އަރަންވީ އެވެ. އެ ތަނުގެ ހިތްގައިމުކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ، މަތީ ބުރީގައި ހުންނަ އިންޑޯ ބައިގެ އިތުރުން، އެ ތަނުގެ އައުޓްޑޯ ތަޖުރިބާ ކޮށްލުމުންނެވެ.
ޓެންގޯ ފަރުމާކޮށްފައި ވަނީ އެހެން ރެސްޓޯރެންޓްތަކާ ތަފާތު، ހާއްސަ ތަނެއްކަން އިހުސާސް ކުރެވޭ ގޮތަށެވެ. އަދި އެ އިހުސާސްތައް އިތުރު ކޮށްދެނީ އެ ތަނުގެ ކެއުންތަކުގެ މީރު ރަހަ އާއި އެކުގަ އެވެ.

ޓެންގޯގެ ޚާއްސަ ތެޔޮ މިރުސް ބަތް: މިއީ ތަފާތު އަދި މީރު ދިވެހި ކެއުމެއް.-- ފޮޓޯ: ޓެންގޯ
އެގޮތުން މަތީގައި ފާހަގަކުރި އެ ތަނުގެ "ތެޔޮ މިރުސް ބަތް" މިއީ ފާހަގަ ކޮށްލަން ޖެހޭ ޑިޝް އެކެވެ. މުރަނަ، ވަޅޯ މަސް އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ބަތުގެ މީރު ކަމެވެ. އޮލިވް އޮއިލް އަޅައިގެން ތައްޔާރުކުރާ އެ ބަތް، ޓެންގޯ އަށް ގޮސް ކައިފިނަމަ ދެ ވަނަ ފަހަރަށް އެ ތަނަށް ދާން ބޭނުންވާނެ ކަން ޔަގީނެވެ.
"އަޅުގަނޑު އެއްފަހަރު މިތަނަށް އައިސް އެ ބަތް ކޭ ފަހުން މާލޭގަ ހުރެއްޖެ ނަމަ ދުވާލަކު އެއް ފަހަރު ނަމަވެސް އެ ކާން ބޭނުންވޭ. އެހާ މީރު ދިވެހި ކެއުމެއް އަދި އަޅުގަނޑެއް ނުކަން،" ޓެންގޯ އަށް ދިޔަ މީހަކު ބުންޏެވެ.
އެފަދަ އެތައް ބައެއް މިހާރު އެތަބިއްބެވެ. "ތެޔޮ މިރުސް ބަތް" އެކަންޏެއް ނޫނެވެ. އެ ތަނުގައި ގިނަ ޑިޝްތަކެއް ހުރި އިރު އެ ކޮންމެ އެއްޗަކީ ވެސް، ތަފާތު މީރު ރަހަތަކެވެ.
ޚާއްސަކޮށް، ތެޔޮ މިރުސް ބަތުގެ އިތުރުން ވެސް އެ ތަނުގެ ޗިކަން ބިރިއާނީ އާއި ހޫނު މަސްރޮށި، ބޯވާ ރައިސް އަދި އަސްލު މަސް ބޯކިބާގެ މީރު ރަހަތައް ފާހަގަ ކޮށްލަން ޖެހެ އެވެ. އަދި ޓެންގޯގެ ހަގީގީ މަސާލާ ޓީ އާއި ހުނި ހަކުރަކީ ތިބާ އަށް އުފާވެރިކަން ގެނެސްދޭނެ މީރު ހަރަތަކެވެ.
ޓެންގޯގެ މެނޫ، މަދު ރަހަތަކަކުން ނިންމައެއް ނުލަ އެވެ. އެއަށް ވުރެ އުފެއްދުންތައް ގިނަވެފައި، ކަސްޓަމަރުންނަށް ލިބޭ އިހުތިޔާރުތައް ބައިވަރެވެ. އާންމުކޮށް ލިބެން ނެތް އެތައް ވައްތަރެއްގެ ދިވެހި ކެއުންތައް އެ ތަނުގައި ތައްޔާރުކުރުމަކީ އެންމެ ބޮޑު އެއް ތަފާތެވެ.
މިހެން ބުނެލުމަކުން މި ތަނުގެ ފުރިހަމަ ކަން އިހުސާސް ކޮށްލަން ދަތިވާނެ އެވެ. އެންމެ ރަނގަޅުވާނީ އެ ބޭފުޅަކު އަމިއްލަ އަށް އެތަނަށް ޒިޔާރަތް ކޮށްލައި، މީރު ރަހަތަކަށް އިންސާފު ކޮށްލުމުންނެވެ؛ ދެ ވަނަ ފަހަރަށް އެ ތަނަށް ދާން ޖެހޭނެ ކަން ޔަގީނެވެ. އެ ތަނުގެ ކެއުންތައް ހަމަ އެހާވެސް މީރެވެ.