2 State Ministerunnaai Immigration Ge Controller Ge Magaamah Beyfulhun Ayyan Kurahvaifi
image
އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް އްމަދު އަހުމަދު ހުސެއިން (ހަނަފީ) ރައީސް އައްޔަން ކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ދެ ސްޓޭޓް މިނިސްޓަރުންނާއި އިމިގްރޭޝަން ކޮންޓްރޯލާ އައްޔަންކޮށްފި

ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަނުގެ މަގާމަށް މ. ސުހްރާ މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) އާއި ދެ ސްޓޭޓް މިނިސްޓަރަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައި ވަނީ ގ. އަލަފަރު، ހަދީޖާ އާދަމެވެ. އަދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ގ. ޒަމާނީއާކުލަ މުހައްމަދު ޝާފިއީ އެވެ.

ސްޓޭޓު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އެދެ ބޭފުޅުން އައްޔަން ކުރައްވާފައި މިވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މީގެއިތުރުން، އިމިގްރޭޝަނުގެ ކޮންޓްރޯލާގެ މަގާމަށް ހަނަފީ އައްޔަން ކުރައްވާފައި ވަނީ ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު އަންވަރު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޕީއެސްއެމްގެ މާކެޓިން ޑިޕާޓުމަންޓުގައި މަސައްކަތް ކުރެއްވި ހަނަފީއަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.
ހިޔާލު