LGA Raees Akah Home Minister Imran Ayyan Kohfi
image
ރައީސް ސޯލިހު އަދި ޝެއިހް އިމްރާން.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

އެލްޖީއޭގެ ރައީސް އަކަށް ހޯމް މިނިސްޓަރު އިމްރާން އައްޔަން ކޮށްފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަކަށް، ހޯމް މިނިސްޓަރު ސެއިހް އިމްރާން އަބްދުﷲ އައްޔަން ކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެލްޖީއޭގެ ރައީސް ކަމަށް ކަނޑައަޅާ މިނިސްޓަރަކަށް ޝެއިހް އިމްރާން އައްޔަން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މީގެ ކުރިން އާންމުކޮށް ވެސް އެލްޖީއޭގެ ރައީސް ކަން ކުރައްވަނީ ހޯމް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެކެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ގާނޫނުގައި ބުނާގޮތުން، އެލްޖީއޭގެ ބޯޑުގެ ރައީސް އަކީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ލޯކަލް ގަވަމެންޓް އޮތޯރިޓީއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއް ކަމަށެވެ.

އެލްޖީއޭގެ ނައިބު ރައީސް ކަނޑައަޅާނީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފިޔަވާ ބޯޑުގައި ތިބޭ މެމްބަރުން ނަގާ ވޯޓަކުން އިންތިހާބު ކުރާ ބޯޑް މެމްބަރެކެވެ.
ހިޔާލު