Sharu'ee dhaaira islaahu kurumah gina masahkaiyythakeh kuran jehey: Dunya
image
ދުންޔާ ރައީސް ނަޝީދު އަރިހުގައި: ފޮޓޯ އެމްޑީޕީ
3 ކޮމެންޓް
 

ޝަރުޢީ ދާއިރާ އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ: ދުންޔާ

ޤައުމީ ދާއިރާ އިސްލާހު ކުރުމަށާއި ތިމާވެއްޓަށް ހާލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރިކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވީ އެމްޑީޕީގެ އޮފީހަށް މިއަދު ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރެއްވުމަްފަހު ކުރެއްވި ޓްވިޓެއްގައެވެ.
ދުންޔާ ވިދާޅުވީ ރައީސް ނަޝީދާއެކު ބޭއްވި ބައްދަލުވުމުގައި، ރާއްޖޭގެ ޑިމޮކްރަސީގެ ކުރިމަގާ މެދު މަޝްވަރާ ކުރެއްވި ކަމުގައެވެ.

"ޝަރުއީ ދާއިރާ އިސްލާހު ކުރުމާއި، ކްލައިމެޓް އެޑްވޮކަސީއަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި،" ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ވިދާޅުވިއެވެ.
ހިޔާލު

ހޯހޯ

ތިކަމެން ނޭގިގެން ނޫން މިއުލެނީ

ހޯހޯ

ތިކަން ނޭގިގެން އުލެނީ ކޮންބައެއް

އާސޮރު

ކަމަނާއަށް އެނގޭތަ އިސްލާހަކީ އަބަދުވެސް ކުރަންޖެހޭނެ އެއްޗެއްކަން. އިސްލާހުނުވަނީވެސް ކަމަނާމެންގެ އާއިލާގެ ނުފޫޒުންކަންވެސް އެނގޭތަ؟ މިފަހަރުވެސް ޝަރުޢީދާއިރާއިން ނިންމި ނިންމުންތައް ކަމަނާއަށް އެނގޭތަ؟ ކީއްވެބާ ޗުއްޕުވެސް ނުބުނެހުރީ. ކަމަނާމެން ކަމަކުނުދޭ