Anushka Eynaage Kureege Loabiveriyaa Ranveer Instagram In Follow Koffi
image
ރަންވީރާއި ދީޕިކާ އަދި އަނުޝްކާ--
0 ކޮމެންޓް
 

އަނުޝްކާ އޭނާގެ ކުރީގެ ލޯބިވެރިޔާ ރަންވީރާއި އޭނާގެ އަންހެނުން އިންސްޓަގްރާމުން ފޮލޯކޮށްފި

ބޮލީވުޑުގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ އާއި ރަންވީރު ސިންގްއަކީ ބޮލީވުޑުގެ ކުރީގެ ޖޯޑެކެވެ. އެކުގައި ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ތެރެއިން ދެމީހުން އެކަކު އަނެކަކަށް ހިތް ޖެހުނު ނަމަވެސް އެކަމަށް މީޑިއާގެ ކުރިމަތީ އެއް ބަހެއް ނުވެއެވެ.
މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯނާއި ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ރަންވީރާއި އަނުޝްކާގެ މެދުގައި ލޯބީގެ ގުޅުން އޮތްއިރު އެކަމުގެ ސަބަބުން އަނުޝްކާ އާއި ދީޕިކާގެ މެދުގައި މާ ގާތް ގުޅުމެއް އުފެދިފައެއް ނުވެއެވެ. އަދި ގާތް ގުޅުމެއް ބާއްވަން އެ ދެތަރިން ބޭނުމެއް ވެސް ނުވިއެވެ.

ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅާ، ކޮފީ ވިތު ކަރަންގައި ޝޯގެ ތެރެއިން ވެސް އެކަން ވަރަށް ރަނގަޅަށް އެނގިގެން ދިޔައެވެ. އެއީ ދީޕިކާ އާއި އޭނާއަކީ ގާތް ރަހުމަތްތެރިންކަމަށް ބުނެވިދާނެތޯ ކަރަން ސުވާލު ކުރުމުން އަނުޝްކާގެ އިތުރުން ކެޓްރީނާ ކައިފް ވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ކެޓްރީނާ އާއި ދީޕިކާގެ ގުޅުން ހީނަރުވީ ދީޕިކާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅެމުން ރަންބީރު އޭނާއަށް ބޭވަފާތެރިވެ ކެޓްރީނާއާ ރައްޓެހިވުމުންނެވެ. ކަރަން ޖޯހަރުގެ ޝޯގައި ދީޕިކާ އާ ގުޅުވައިގެން ސުވާލު ކުރުމުން އެދެތަރިން ޖަވާބު ދީފައި ނުވިނަމަވެސް އެޝޯގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ދީޕިކާ ވަނީ އެކަމާއި ގުޅިގެން ވާހަކަ ދައްކާފައެވެ. އެގޮތުން އަނުޝްކާ އާއި ކެޓްރީނާ ވަރަށް ކަމުދާކަމަށާއި އެދެނީ އެމީހުންނަށް ވެސް ކާމިޔާބު ކަމަށް އޭނާ ބުނެއެވެ.

އުމުރުން 32 އަހަރުގެ ދީޕިކާ ވަނީ ވިރާޓް ކޯލީ އާއި އަނުޝްކާގެ ކައިވެންޏާއި ގުޅިގެން އެމީހުންނަށް މަރުހަބާ ކިޔައި ގެއަށް މާ ބޮޑިއެއް ވެސް ފޮނުވާފައެވެ. އަދި ދީޕިކާ އާއި ރަންވީރުގެ ކައިވެނީގެ ރިސެޕްޝަން ޕާޓީގައި އަނުޝްކާގެ އިތުރުން ކެޓްރީނާ ވެސް ބައިވެރިވުމަށް ދައުވަތު ދިނުމާއެކު އެމީހުން ވަނީ ދައުވަތު ގަބޫލުކޮށްފައެވެ.

ރަންވީރާއި ދީޕިކާގެ ކައިވެންޏަށް ފަހު އެމީހުންގެ ގުޅުން އަންނަނީ އަލުން ބަދަހިވަމުންނެވެ. އޭގެ އެއް ހެއްކަކީ ދާދިފަހުން ސޯޝަލް މީޑިއާ މެދުވެރިކޮށް އަނުޝްކާ، ވަނީ ރަންވީރާއި ދީޕިކާ ފޮލޯކޮށްފައެވެ. އަދި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކެޓްރީނާ ވެސް ވަނީ ދީޕިކާ ފޮލޯކޮށްފައެވެ.


އަނުޝްކާ، އާއި ދީޕިކާ އެކުގައި މިހާތަނަށް އެއްވެސް ފިލްމެއްގައި މަސައްކަތް ކޮށްފައެއް ނުވެއެވެ. އަދި ކެޓްރީނާއާއެކު ވެސް ދީޕިކާ މަސައްކަތް ކޮށްފައެއް ނުވެއެވެ. އެކަމަކު، އެ ތަރިންގެ ގުޅުން ރަނގަޅުވެފައި މިވާ ދަނޑިވަޅުގައި އެމީހުން އެކުގައި ފިލްމެއްގެ މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ހިޔާލު