Karan Johar Aaeku Aryan Film Eh Ufahdhafaane : Shah
image
އަރްޔަން އޭނާގެ މައިންބަފައިންނާއެކު--
0 ކޮމެންޓް
 

ކަރަން ޖޯހަރާއެކު އަރްޔާން ފިލްމެއް އުފައްދަފާނެ: ޝާހު

ބޮލީވުޑުގެ ކިންގު، ޝާހު ރުކް ހާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު އަރްޔާން ހާން ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ޝައުގުވެރިކަން ހުންނަ ކަމަށާއި އޭނާ ވަރަށް އަވަހަށް ބޮލީވުޑަށް ތައާރަފުވާނެ ކަމަށް ހަބަރުތައް ފެތުރެމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.
އުމުރުން 20 އަހަރުގެ އަރްޔާން ބޮލީވުޑަށް ތައާރަފުވާނީ ކޮން ފިލްމަކުންތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނައިރު އަރްޔާނުގެ ވިސްނުން ހުރީ ބައްޕައެކޭ އެއްފަދައިން ފިލްމުތަކުގައި އެކްޓުކުރާކަށް ނޫނެވެ. ދާދިފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝާހު ބުނީ، އަރްޔާން ބޭނުންވަނީ ފިލްމު ޑައިރެކްޓު ނުވަތަ ޕްރޮޑިއުސް ކުރާ ފަރާތަކަށް ވާން ކަމަށެވެ.

އަރްޔާން އަންނަނީ ފިލްމު އުފައްދާ ކޯހެއް ހަދަމުންނެވެ. ޝާހު ބުނީ، ފިލްމު އުފައްދާ މީހަކަށް ވުމަށް ވެސް އަދި ފަސް ވަރަކަށް އަހަރު ކިޔަވަން ޖެހޭ ކަމަށެވެ.

އަރްޔާން ފިލްމީ ދާއިރާއަށް ނެރުމަށް ޝާހުގެ ގާތް ރަހުމަތްތެރި، އަދި ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެކަމަކު އޭނާގެ ޝައުގު އެކަމަށް ނެތުމުން، ކަރަން ޖޯހަރާއެކު އޭނާ ޝައުގުވެރިކަން ހުރި ގޮތަށް، ފިލްމެއް އުފައްދަފާނެއެވެ. އެކަމާއި ގުޅިގެން ޝާހު ބުނީ ކިޔަވާ ނިމުމުން ކަރަން އާއެކު ފިލްމެއް އުފެއްދުމުގެ މަސައްކަތް އަރްޔާން ކޮށްފާނެ ކަމަށެވެ.

އަރްޔާންގެ އިތުރުން ޝާހުގެ އިތުރު ދެ ދަރިން ތިބެއެވެ. އެއީ ސުހާނާ އާއި އަބްރާމެވެ. އަބްރާމުގެ އުމުރުން އެންމެ ފަސް އަހަރުކަމުން އޭނާ އަންނަނީ ކިޔަވަމުންނެވެ. ސުހާނާ ވަނީ އޭނާގެ ބައްޕައެކޭ އެއް ގޮތަށް ފިލްމުތަކުގައި އެކްޓުކުރަން ބޭނުންވާ ކަން ހާމަކޮށްފައެވެ. އަދި ވަރަށް އަވަހަށް އޭނާ ބޮލީވުޑަށް ތައާރަފުވާނެ ކަމަށް އަޑުތައް ފެތުރެއެވެ.
ހިޔާލު