R. Atolhu Council Ge Kureege Member Eh Dhan Jehigen Maruvejje
image
ރ. އަލިފުށީ ބަނދަރު މަތި-- ފޮޓޯ: އަލިފުށީ އޮންލައިން
1 ކޮމެންޓް
 

ރ. އަތޮޅު ކައުންސިލުގެ ކުރީގެ މެމްބަރެއް ދަން ޖެހިގެން މަރުވެއްޖެ

ރ. އަލިފުށީގައި މީހަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިއްޖެ އެވެ.
ދިރިއުޅެމުން އަންނަ ގޭގައި ދަންޖެހިގެން މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ.

ސީއެންއެމްއާ ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 9:00 ގައި ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ރ. އަތޮޅު ކައުންސިލު އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް މަހީޝެވެ. އެގޮތުން އޭނާ އަތޮޅު ކައުންސިލަށް އިންތިހާބު ވެފައި ވަނީ 2012 ވަނަ އަހަރު ބޭއްވި އެ އިދާރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ޓިކެޓުގައެވެ. އެކަމަކު، ފަހުން އޭނާ ވަނީ އެމްޑީޕީއަށް ސޮއި ކޮށްފައެވެ.
ހިޔާލު

ޑިމޮކްރަސީ

ދަންޖެހިގެންވިޔަސް އެނޫންގޮތަކަށްވެސް އމިއްލަ އަށް މަރުވާނި އެމީހެއްގެ އިސްލާމީ ޢަޤީދާ ކުޑަވެސް ކަންފުޅެއްނެތުމުން