MIRA akee viyafaarithakah oi bodu gehlumeh: Economic Minister
image
ފައްޔާޒަށް މިނިސްޓަރު ކަމުގެ ފަތްކޮޅު އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

މީރާ ވަނީ މަގުސަދުން ބޭރުވެ، ވިޔަފާރިތަކަށް އޮތް ބޮޑު ގެއްލުމަކަށް ބަދަލުވެފައި: އިކޮނޮމިކް މިނިސްޓަރު

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މިހާރު އޮތީ އެތަން އުފެއްދި މަގުސަދުން ބޭރުވެ، ވިޔަފާރިތަކަށް ބޮޑު ގެއްލުމަކަށް ވެފައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ އުފެދިގެން އައީ ވިޔަފާރިވެރިން ލައްވާ ވިޔަފާރި ކުރުވާ އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ބެހޭނެ ގޮތަކަށް ރޭވުމަށް ކަމަށާއި ނަމަވެސް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ފެނިގެން ދިޔައީ މީރާ އިން ބޭނުންވާ ގޮތަކަށް ގާނޫނާއި ގަވާއިދުތައް މާނަކުރުމުން ވަރަށް ގިނަ ވިޔަފާރީތައް ބަނގުރޫޓު ވެގެންދިޔަތަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގައުމެއްގެ ކުރިއެރުން ނުގެނެވޭނެ ޓެކްސް ނުނަގައެއް. އެކަމަކު ޓެކްސް ނެގުމަކީ ވިޔަފާރީތައް ފުނޑުފުނޑު ކޮށްލާފައިވާ ޓެކްސް ނެގުމެއް ނޫން... ކުރިއަތް އޮތް މަހެއްހާ ދުވަސް ތެރޭގައި އަޅުގަނޑުމެން ޓެކްސް ރިވިއު ކުރުމުގެ މަސައްކަތް ފަށާނަން" މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބޯޓިން އެވޯޑްސް ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރުގެ ވިސްނުން ހުރީ ވިޔަފާރި ތަކަށް ފަސޭހަ، ފަހި މާހައުލެއް ގާއިމް ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރީގެ ސަރުކާރުތަކުން ވިޔަފާރިތަކާ މެދު އަމަލު ކޮށްފައި ވަނީ ވިސްނުމެއް ނެތި، ކުއްލި ކުއްލިއަށް ބަދަލުތައް ގެނެސް އޭގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވާނެ ތަކުލީފަކަށް ނުވިސްނާ ކަމަށް ފައްޔާް ވިދާޅުވި އެވެ.

ވިޔަފާރީތަކަށް ފަސޭހަތައް ދޭއިރު އެއާ އެކު ޒިންމާތަކެއް އަންނާނެ ކަމަށާއި، ފަސޭހަތައް ނުބައި ގޮތުގައި ބޭނުންކުރުމުގެ އެއްވެސް ޖާގައެއް ސަރުކާރުން ނުދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާލު

ނަޖްވާ

މިހާރު މީނަ ހިންގާ ލައްކަ ކުންފުނި ހުރޭ، ހަމަ ހިއެއް ނުވޭ އެ ވިޔަފާރިތަކުން ބަރާބަރަށް ޓެކުސް ދައްކާ ހެނެއް!