Audit Office Audit Kuraane Bayaku Hoadhanee
image
0 ކޮމެންޓް
 

އޮޑިޓް އޮފީސް އޮޑިޓް ކުރާނެ ބަޔަކު ހޯދަނީ

އޮޑިޓާ ޖެނެރަލްގެ އޮފީސް އޮޑިޓް ކުރާނެ ބަޔަކު ހޯދަން ރައްޔިތުންގެ މަޖިލީހުން އިއުލާން ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިއަހަރުގެ އޮޑިޓާ ޖެނެރަލްގެ އޮފީސް އޮޑިޓް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެގޮތުން އޮޑިޓް އޮފީހުން ހުއްދަދީފައިވާ އޮޑިޓް ފާމްތަކުން އެއްލައްކަ ރުފިޔާއަށްވުރެ ކުޑަވާ ގޮތަށް މަޖިލީހަށް އަގު ހުށަހެޅުމަށް ވަނީ ދައުވަތު އަރުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއުލާނުގައި ވަނީ ޖެނުއަރީ މަހުގެ 20ގެ ކުރިން މަޖިލީހުގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަންގާފައެވެ.

އޮޑިޓް ގާނޫނުގެ 16 ވަނަ މާއްދާ ބުނާ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކޮމިޓީން ކޮންމެ އަހަރަކު އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އަހަރީ މާލީ ހިސާބުތަކާއި، އެކައުންޓްތަކާއި، އޮޑިޓާ ޖެނެރަލްގެ އޮފީސް ހިންގިފައިވާ ގޮތާއި މެދު ބަލައި ރިޕޯޓުކުރުމަށް، މުސްތަގިއްލު އޮޑިޓަރަކު ޢައްޔަންކުރަންވާނެއެވެ

އަދި ކޮންމެ މާލީ އަހަރެއް ނިމޭ ތާރީހުން ފެށިގެން ދެ މަސްދުވަހުގެ ތެރޭގައި ގާނޫނުގައި ބުނާ އޮޑިޓަރަކު ކަނޑައަޅައި އެފަރާތަކަށް އޮޑިޓް އޮފީސް އޮޑިޓް ކުރުމުގެ މަސައްކަތް ހަވާލު ކުރަން ޖެހެއެވެ. އޮޑިޓް ގާނޫނު ބުނާ ގޮތުން އޮޑިޓް އޮފީސް އޮޑިޓް ކުރުމަށްފަހު ތައްޔާރު ކުރާ ރިޕޯޓް ތިންމަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖުިލީހަށާއި އޮޑިޓާ ޖެނެރަލަށް ފޮނުވަން ޖެހެއެވެ.
ހިޔާލު