MTD Ufehdhevee Adheeb, Adheeb Verikan Kuravvaane: Member Yameen
image
4 ކޮމެންޓް
 

އެމްޓީޑީ އުފެއްދެވީ އަދީބު، އަދީބު ވެރިކަން ކުރައްވާނެ: މެމްބަރު ޔާމީން

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުފެއްދެވީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ކަމަށާއި، ވަރަށް އަވަހަށް އެޕާީގެ ފަރާތުން އަދީބު ވެރިކަން ކުރައްވާނެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ. dhi2
އެމްޓީޑީ އުފެއްދުމަށް ބޭއްވި ޖަލްސާގައި އެޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި މަޖިލިސް މެމްބަރު ޔާމީން ވިދާޅުވީ އަދީބު ގޭބަންދުގައި ހުންނަވައިގެން އެންމެ 21 ދުވަހުގެ ތެރޭގައި ޕާޓީއެއް އުފައްދަން ބޭނުންވާ 3000 މެމްބަރުން ހަމަކޮށް ޕާޓީއެއް އުފެއްދި ކަމަށެވެ.

"21 ދުވަހުގެ ތެރޭގައި ގޭބަންދުގައި ހުންނަވައިގެން ހައްޔަރުގައި ހުންނަވައިގެން އަދި ހަތަރު ފާރު ވަށައިގެން ފުލުހުން ލާފައި އޮއްވާ ވެސް 21 ދުވަހުގެ ތެރޭގައި ޕާޓީ ރަޖިސްޓްރީ ވެގެން މިއޮތް ދަނީ، މިއީ ނޫންތޯ ލީޑަރުންނަކީ" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލަކީ ޒުވާނުން ކަމަށޭވެ. އެހެން ކަމުން ނައިބް ރައީސް އަދީބް ވަރަށް އަވަހަށް މިނިވަންވެ އެމްޓީޑީގެ ފަރާތުން ވެރިކަން ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރަށް ޔާމީން ވިދާޅުވީ އަދީބް ޖަލަށް ލައި ވެރިކަމުގެ ނިޒާމުން ދުރަށްލީ އެނާއަށް ސިޔާސީ ގޮތުން ލިބެމުންދސާ ބާރުތައް ނައްތާލުމަށް ކަމަށެވެ.

"ތިން އަހަރު ދުވަހު ކުޑަ ގޮޅީގައި ބާއްވާލީމަ ކޮންކްރީޓު އެނދުމަތީގައި ނިންދަވާލީމަ ފަހަތަށް ޖެހިއްޖެތޯ" ޔާމީން ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕާޓީގެ މުޝީރު އިސްމާއިލް އާސިފު ވިދާޅުވީ އަދީބާއި ނުލައި އެޕާޓީ ނޯންނާނެ ކަމަށެވެ.
ހިޔާލު

Hussain

ހުވަފެން.ނުރައްކާ މުޖުރިމެށް އަދީބަކި

ޙައްވަ

ރާއްޖެ ދަވާލާ ހުރިހާ މީހުން ރާއްޖޭގައި ވެރިކަން ކުރަން ވެއްޖެނަމަ މިރާއްޖެއެއް ނެތް!!!

އަސްލުހާލަތު

އަދީބު ވެރިކަން ކުރަންޖެހޭނީ ގޮނޑުގަ..ކިތަންމެ ފައިސާ ގިނަޔަސް ރައްޔިތުންގެ ތާއީދާ ލޯތްބާއެކު ވެރިކަމަކަށް ނާދެވޭނެ ރާއްޖޭގަ ރިޔާސީ ނިޒާމެއް އޮތްހާ ހިނދަކު

މުހަންމަދު

ކޮބާ ކިހާވަރެއްދޭންބުނެގެންތަތިޔަދިޔާ ބޯކޮންނަގައްޗޭ ބުރޯއަތުގާހުންނާނެ