PSMge managing director akah Ali Khalid
image
އަލީ ހާލިދު.-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ޕީއެސްއެމްގެ އެމްޑީ އަކަށް އަލީ ޚާލިދު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ މަގާމު އަދާކުރެއްވި އަލީ ޚާލިދު މިއަދު ހަމަޖައްސައިފި އެވެ.
އަލީ ޚާލިދު ވަނީ، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްވަރު ޓީވީއެމްގެ ސީއީއޯ ކަން ކުރައްވާފަ އެވެ.

އޭގެ ކުރިން އޭނާ ވަނީ މިފްކޯގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތައް އަލީ ޚާލިދު ބެލެހެއްޓެވި އެވެ.

ނިމިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ އިތުރުން އަލީ ޚާލިދު ވަނީ ވެމްކޯގެ ޗެއާމަންކަން ވެސް ކުރައްވާފަ އެވެ. ނަމަވެސް ފަހުން އެ މަގާމުތަކުން އޭނާ ވަކިކުރީ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައި ވެސް އޭނާ ހަރަކާތްތެރިވި އެވެ. އެގޮތުން އޭގާގެ ގެ، މ. ފިނިފަރުގައި އެމްޑީޕީގެ ޖަގަހަ އެއް ވެސް ހިނގި އެވެ.
ހިޔާލު