Script Kiyumah Fahu Noonee Film eh Gai Masaikaiy Kuran Ehbaheh Nuvaanan: Aamir
image
އާމިރް ހާން--
0 ކޮމެންޓް
 

ސްކްރިޕްޓް ނުކިޔައި ފިލްމެއްގައި މަސައްކަތް ނުކުރާނަން: އާމިރު

ސްކްރިޕްޓަށް ބެލުމަށް ފަހު ނޫނީ ފިލްމެއްގައި މަސައްކަތް ކުރަން އެއްބަސް ނުވާކަމަށް ބޮލީވުޑުގެ ކާމިޔާބު ތަރި، އާމިރު ހާނު ބުނެފި އެވެ.
އުމުރުން 53 އަހަރުގެ އާމިރު ބުނީ، ފިލްމެއްގައި ސޮއި ކުރުމުގެ ކުރިން އެފިލްމެއްގެ ސްޓޯރީ ނުވަތަ ސްކްރިޕްޓު ވަރަށް ރަނގަޅަށް ކިޔާ ކަމަށެވެ. އެގޮތުން ސްކްރިޕްޓު ކިއުމުގެ މުހިއްމުކަން ފާހަގަކޮށް އާމިރު ބުނީ، އެ ސްޓޯރީއެއްގެ އަސްލު ކިޔުމުން ފިލްމުގައި އެކްޓު ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

ބޮލީވުޑުގެ ފަންސާހަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައިވާ އާމިރު ވަނީ އިންޑިއަން ސިނަމާގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބިގެންދިޔަ ފިލްމުތަކުގައި އެކްޓުކޮށްފައެވެ. އެގޮތުން "ޕީކޭ" އާއި "3 އިޑިއޮޓްސް" އަދި "ދޫމް" ގެ އިތުރުން "ފަނާ" އާއި "އަންދާޒް އަޕްނާ އަޕްނާ" ފަދަ ފިލްމުތައް ހިމެނެއެވެ.

އާމިރުގެ ފިލްމުތަކަށް ބޮކްސް އޮފީހުން ބޮޑު ކާމިޔާބެއް ލިބެމުން އައި ނަމަވެސް މިއަހަރަކީ އޭނާއަށް މާކާމިޔާބު އަހަރަކަށް ނުވިއެވެ. އެގޮތުން އާމިރު ލީޑުން ފެނިގެންދާ ފިލްމު "ތަގްސް އޮފް ހިންދޯސްތާން" އަށް ހީކުރިވަރުގެ ތަރުހީބެއް ނުލިބެއެވެ. އަދި ފިލްމު އެޅިވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ފިލްމުގެ އެކި ބައިތައް ލީކުވިއެވެ.
ހިޔާލު