Japanun Bodu Mas Beynumuge Hudha Alun Dhenee
image
ޖަޕާނުން އަންނަ ޖުލައި މަހުން ފެށިގެން ބޮޑު މަހުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭނެ.-- ފޮޓޯ: އޭއެފްޕީ/ގެޓީ އިމޭޖަސް
0 ކޮމެންޓް
 

ޖަޕާނުން ބޮޑު މަސް ބޭނުމުގެ ހުއްދަ އަލުން ދެނީ

ބޮޑު މަސް ބޭނުމާއި އޭގެ ވިޔަފާރި ކުރުމުގެ ހުއްދަ ޖަޕާނުން އަލުން ދިނުމަށް ނިންމާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
އެ ގައުމުން ބުނީ އަންނަ ޖުލައި މަހުން ފެށިގެން އެ ގައުމުގައި ބޮޑު މަސް ބޭނުމާއި އޭގެ ވިޔަފާރި ކުރުން ހުއްދަވާނެ ކަމަށެވެ. އަދި އޭގެ ކުރިން އިންޓަނޭޝަނަލް ވޭލިން ކޮމިޝަން (އައިޑަބްލިއުސީ) އިން އެ ގައުމު ވަކިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އައިޑަބްލިއުސީން ބޮޑު މަސް ބޭނުމާއި އޭގެ ވިޔަފާރި ކުރުން މަނާކުރީ، ބޮޑު މަހުގެ ބައެއް ބާވަތްތައް ނެތިދިއުމުގެ ބިރު ހީވުމުން 1986 ވަނަ އަހަރެވެ. އަދި ޖަޕާނުން އޭގެ މާ ކުރިން، 1951 ވަނަ އަހަރު އޮތީ އެ ޖަމިއްޔާގައި ބައިވެރިވެފަ އެވެ.

ޖަޕާނުން މީގެ ކުރިން ވެސް ބޮޑު މަސް ބާނާ ކަމަށް ތުހުމަތުތައް ކުރެވެ އެވެ. ނަމަވެސް އެ ގައުމުން ވަނީ އެއީ ދިރާސާތަކެއް ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެފަ އެވެ.

އެ ގައުމުން ބުނީ ބޮޑު މަސް ބޭނުމުގެ ހުއްދަ އަލުން ދޭން ނިންމީ، އެއީ އެ ގައުމުގުގެ ތާރީހާ ގުޅިފައިވާ ކަމަކަށް ވުމުންނެވެ. އަދި ބޮޑު މަސް ކެއުމަކީ އެ ގައުމުގެ ސަގާފީ ކަމެއް ކަމަށް ޖަޕާނުން ބުނެ އެވެ.

ޖަޕާނުގެ ނިންމުމާ އެކު، ބައިނަލްއަގުވާމީ ފާޑުކިޔުންތައް އެ ގައުމަށް އަމާޒުވާނެ އެވެ. އެގޮތުން މިހާރު ވެސް އެތައް ޖަމިއްޔާ އަކުން ވަނީ އެއީ ގޯސް ނިންމުމެއް ކަމަށާއި، އޭގެ ސަބަބުން އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތައް ވާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
ހިޔާލު